ސްޕޮންޖަކީ އަހަރެމެންގެ އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް ބޭނުންކުރާ ނުހަނު ބޭނުންތެރި އެއްޗެކެވެ. ފާޚާނާގެ އެކިއެކި ބޭނުންތަކަށާއި ކޮޓަރީގެ އިތުރުންވެސް އެންމެ އާންމު ގޮތެއްގައި ސްޕޮންޖު ބޭނުންކުރަނީ ތަށި ދޮވުމަށެވެ.
ޖަރުމަނުގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި ފާޚާނާގައި ޖާމްސް ހުންނަ މިންވަރަށްވުރެން އެތަށް ގުނަ އިތުރަށް ތަށިދޮންނަ ސްޕަންޖުގައި ޖާމްސް ހުރެއެވެ.
ޖާރމަން ރިސާޗް ސެންޓަރ ފޯ އެންވަރރަމެންޓް ހެލްތް އިން ތައްޔާރުކޮށްފައިވާ މި ދިރާސާއިން ދައްކާގޮތުގައި ތަށިދޮންނަ ސްޕޮންޖުތަކުން ފެނިފައިވަނީ އެންމެ ނޫނީ ދެ ވައްތަރެއްގެ ބެކްޓީރިއާއެއް ނޫންކަމުގައެވެ. އެގޮތުން 362 ވައްތަރެއްގެ ބެކްޓިރިއާއެއް ފެނިފައިވާކަމަށް މި ދިރާސާއިން ދައްކައެވެ.
އޭގެތެރެއިން 10 ވައްތަރެއްގެ ބެކްޓީރިއާއަކީ އިންސާނުންނަށް ނުރައްކާތެރި ބަލި ފަތުރާ ބެކްޓީރިއާތަކެއް ކަމުގައިވެއެވެ.
އެހެންކަމުން ކޮންމެ ދުވަހަކުވެސް މަދުވެގެން އެއް ފަހަރު ނުވަތަ ރޭގަނޑުގެ ތަށިތައް ދޮވެ ނިމުމުން ހޫނުފެންފޮދަކުން ތަށިދޮންނަ ސްޕޮންޖް ކައްކާލުން ނުވަތަ ދޮވެލުން މުހިންމެވެ. ނުވަތަ މައިކްރޯވޭވްވެސް ކޮށްލެވިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް