މުޅި އަހަރު ދުވަހުގެ ކުރެވިފައިވާ ފާފަތަކުން ނަފުސު ތާހިރުކޮށްލަން ލިބޭ ރަނުގެ ފުރުސަތު މިއަހަރުވެސް ލިބުމާއި ގާތްވަނީއެވެ. މާތް ﷲ އިރާދަކުރެއްވި ނަސީބުވެރިޔަކަށް މި ފުރުސަތު ލިބޭނެއެވެ. މި ދުވަހަށް ތައްޔާރުވުމަށް މަސައްކަތް ފަސާކަށް ނުވޭތޯއެވެ.؟
އަޅުގަނޑުމެން މި ދައަކަނީ މިއަހަރުގެ ބަރަކާތުން ފުރިގެންވާ ރަމަޟާންމަހުގެ ވާހަކައެވެ. މި މަހަށް ދިރިތިބީން ތައްޔާރުވާން ނަސޭހަތްތެރިވަމެވެ. މިއަހަރުގެ ރަމަޟާން މަސް ފެށެން 80 ދުވަހަށް މިވަނީ ގާތްވެފައެވެ. އެހެން ކަމުން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ތަފާތު ސަބަބުތައް މެދުވެރިވެ މިދިއަ އަހަރުގެ ރަމަޟާންމަހުން އެއްވެސް ރޯދައެއް ގެއްލިފައިވާނަމަ އެންމެ ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް ޤަޟާކޮށް ނިންމާށެވެ!
ހަމައެއާއިއެކު ރޯދަ ދޫކުރަން ޖެހިގެން ފިދުޔަ ދޭންޖެހޭ ހާލަތްތަކުގަ އޮތީ އެކަންވެސް އަވަސްކުރުމެވެ.
މުސްކުޅިވެ ބަލިހާލު ބޮޑުވުން ފަދަ ކަންކަމާއި ގުޅިގެން ރޯދަ ދޫކޮށްލަންޖެހޭ ހާލަތުގައި އޮތީ ފިދުޔަ ދިނުމަށް އަވަސްވެގަތުމެވެ. ފިދުޔަ ދިނުމަކީ ގެއްލޭ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދިނުމެވެ. އެކަންކުރުމަކަށް ވަކި ވަގުތެއް ނެތެވެ. އޮތީ އަވަސްކޮށް އެކަން ނިންމުމެވެ.
އަދި ރަމަޟާންމަހުގައި ނަމަ އެދުވަހުގެ ރޯދަ ފަހުން ޤަޞާނުކުރެވޭނެފަދަ ޙާލަތުގައި ތިބޭ މީހުން ކޮންމެހެން އެދުވަހު އިރު އޮއްސެންދެން މަޑުކުރުމެއްވެސް ނެތެވެ.
ރޯދައަކީ ދަރަންޏެކެވެ. ޤަޟާ ނުކުރެވި ވަނިކޮށް މަރުވެއްޖެ ނަމަ ވާނީ ދަރަންޏަކަށެވެ. އެހެން ކަމުން ވަގުތުހެ ފައިދާ ހެޔޮގޮތުގައި ބޭނުންކުރުން ބުއްދިވެރިއެވެ.
މި ލިޔުމަށް ބޭނުންވާ ބައެއް މައުލޫމާތު ނަގާފައިވަނީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ލިޔުމަކުން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް