ރަޝިއާ ފަހަތަށް ޖައްސާލުމަށްފަހު، އެންމެ ގިނަ ފަތުރުވެރިން ރާއްޖެއައި ގައުމަކަށް އިންޑިޔާވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކަށް ބަލާއިރު، މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެއްގެ ގޮތުގައި އޮތީ ރަޝިއާއެވެ. ނަމަވެސް އިއްޔެ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ބަލާއިރު، އިންޑިޔާއިން މިވަނީ ރަޝިއާ ފަހަތަށް ޖައްސާލައި، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަށް ވެފައެވެ.
އިއްޔެ ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންނަށް ބަލާއިރު، އެންމެ ގިނައީ އިންޑިޔާއިން އަހި މީހުންނެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 32،970 ފަތުރުވެރިން އިންޑިޔާއިން ރާއްޖެ އަހިސްފައިވެއެވެ. މި މަހުގެ 16 ވަނަ ދުވަހާ ހަމަޔަށް މިލިސްޓުގެ އެންމެ ކުރީގައި އޮތް ރަޝިއާ، އިއްޔެ ވަނީ ދެވަނަ އަށް ވެއްޓިފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެ އަހިސްފައި ވަނީ 32،019 ފަތުރުވެރިންނެވެ.
އިންޑިޔާއާއި ރަޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުވެސް ވަރަށް އެއްވަރެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 11.3 އިންސައްތަ އަކީ އިންޑިޔާ މީހުންނެވެ. އަދި 11.1 އިންސައްތަ އަކީ ރަޝިއާ މީހުންނެވެ.
ޔޫކްރެއިން އިން މިދިޔަ އަހަރު ރާއްޖެ އަހިސްފައި ވަނީ 10،343 ފަތުރުވެރިންނެވެ. އެހެންކަމުން މިދިޔަ އަހަރު ޔޫކްރެއިން ވެފައި ވަނީ10 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމަށެވެ. ނަމަވެސް މި އަހަރުގެ މިތާނަތަށް ވެސް ޔޫކްރެއިން އިން ވަނީ10،178 ފަތުރުވެރިން ރާއްޖެ އަހިސްފައެވެ. އެހެންކަމުން މ އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމުތަކުގެ ލިސްޓުގައި ޔޫކްރެއިން ވަނީ ތިން ވަނައަަށް އަރާފައެވެ.
މި އަހަރުގެ މިހާތަނަށް 147،744 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ގްރޯތް ރޭޓްއަށް ބަލާއިރު، މިދިޔަ މަހަށްވުރެ މި މަހުގެ މިހާތަނަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ގްރޯތް ރޭޓް ރަނގަޅެވެ. އެގޮތުން މިދިޔަ ޖަނަވަރީ މަހު ދުވާލެއްގެ މައްޗަށް 2971 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު، މި މަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް 3273 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް