ބަނޑުގެ ބަލިތަކަށް އެންމެ ރަނގަޅީ ލުނބޯ

އެތަށް ދިރާސާއަކުން ދައްކާ ގޮތުގައި ލިނބޯއަކީ ބަނޑުގެ އެތަށް ބައްޔެއްގެ ފަރުވާއެކެވެ. އެގޮތުން ކޮންމެ ހަފުތާއަކުވެސް މަދުވެގެން 3 ދުވަހު ލުނބޯ ބޭނުންކުރާނަމަ ބަނޑުގެ ކެންސަރު ޖެހުމުން 23 އިންސައްތަ ދަ...

18 Feb 2021 | 05:35

އެތަށް ދިރާސާއަކުން ދައްކާ ގޮތުގައި ލިނބޯއަކީ ބަނޑުގެ އެތަށް ބައްޔެއްގެ ފަރުވާއެކެވެ.

އެގޮތުން ކޮންމެ ހަފުތާއަކުވެސް މަދުވެގެން 3 ދުވަހު ލުނބޯ ބޭނުންކުރާނަމަ ބަނޑުގެ ކެންސަރު ޖެހުމުން 23 އިންސައްތަ ދަށްކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

ލުނބޮލުގައި ހުންނަ އެސިޑިކް މާއްދާތަކެއްގެ ސަބަބުން ބަނޑުގައި އުފެދޭ ކެންސަރަށް މަގުފަހިވާ އިންފެކްޝަންތައް ނެތިކޮށްލައެވެ. މީގެ އިތުރުންވެސް ލުނބޯ ތޮށީގައި އެކުލެވޭ މާއްދާތަކުން ބަނޑުގައި އުފައްދާ މިއުކަސްގެ ސަބަބުންވެސް ކެންސަރުން ދުރުކޮށްދޭކަމަށްވެސް މި ދިރާސާއިން ދައްކައެވެ.

ކެއުމުގައިވެސް ލުނބޯ ބޭނުންކުރެވިދާނެ އެވެ. އެގޮތުން ކޮންމެ ވަގުތެއްގެ ކެއުމުގައި ލުނބޯ ކޮޅެއް ތައްޓަށް ފިއްތާލެވިދާނެއެވެ. އަދި ސައިބޯއިރު ނުވަތަ ހެނދުނު ހުސް ގޮހޮރާ ހުރެ ލުނބޯ ފެންތައްޓެއްވެސް ބޯލެވިދާނެއެވެ. ނުވަތަ ނިދުމުގެ ކުރިންވެސް ލުނބޯ ސައި ނުވަތަ ފެންތައްޓެއް ބޯލެވިދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް