ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާއި ދެކޮޅަށް ކުޅުނު މެޗުން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާފައިނަލްގެ އުންމީދު ޕޯތުގަލްގެ ޕޯޓޯއިން އާކޮށްފިއެވެ.
ޕޯޓޯގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ އަދި ބަލާހިއްވާ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނަގާފައިވަނީ ވެސް ޕޯޓޯއިންނެވެ. މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ލަނޑުޖަގާ މެޗުގެ ލީޑު ޕޯޓޯއިން ނެގިއިރު، މި ލަނޑަކީ ޔުވެންޓަސް ގެ ޑިފެންސްލައިނުން ހެދި ގޯހެއްގެ ފައިދާ ނަގާ އެޓީމުން ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑު ޕޯޓޯއަށް ކާމިޔާބު ކޮށްދިނީ މެހްދީ ތަރޭމީއެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ގޮސްފައިވަނީ ޕޯޓޯ ކުރީގައި އޮވެގެންނެވެ.
މެޗުގައި ޕޯޓޯ އިން ކާމިޔާބުކުރި ދެވަނަ ލަނޑު އެ ޓީމުގެ މޯސާ މަރޭގާ ޖެހީ ފަހު ހާފު ފަށައިގެން 19 ސިކުންތު ވީ ތަނާ އެވެ.
މެޗުގެ ނަތީޖާ 0-2 ގައި އޮވެގެން ނިމެން ދަނިކޮށް ޔުވެންޓަސް އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ މެޗުގެ 72 ވަނަ މިނެޓްގައި ފެޑެރީކޯ ކިއެސާ ޖަހައިދިން ގޯލުންނެވެ. ރޭގެ މެޗު ނިމިގެން ގޮސްފައވަނީ 1-2 ގެ ނަތިޖާގައި އޮވެ ޕޯޓޯ މޮޅުވެގެންނެވެ.
ޔުވެންޓަސް އަދި ޕޯޓޯ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގައެވެ. މި މެޗު ކުޅޭނީ ޔުވެންޓަސްގެ ދަނޑުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް