އެޑް ޝީރަންގެ އާ އަލްބަމް. މި ފަހަރު ނަމަކަށް ކިޔާނީ 'ސަބްޓްރެކްޓް' ނޫނީ 'މައިނަސް' ބާ؟

އެޑް ޝީރަންގެ އާ އަލްބަމްއެއް ނެގެން އުޅޭ ކަމުގެ ސިންގަލް އޭނާ ދީފިއެވެ. އިއްޔެ 30 އަހަރުވީ އުފަން ދުވަސް ފާހަގަ ކުރަމުން އެމަކުގެ އިޝާރާތެއް އޭނާ ފޭނުންނަށް ދީފައިވެއެވެ. އެގޮތުން އުފަން ދުވަސް ފާހަގ...

18 Feb 2021 | 04:21

އެޑް ޝީރަންގެ އާ އަލްބަމްއެއް ނެގެން އުޅޭ ކަމުގެ ސިންގަލް އޭނާ ދީފިއެވެ. އިއްޔެ 30 އަހަރުވީ އުފަން ދުވަސް ފާހަގަ ކުރަމުން އެމަކުގެ އިޝާރާތެއް އޭނާ ފޭނުންނަށް ދީފައިވެއެވެ.

އެގޮތުން އުފަން ދުވަސް ފާހަގަ ކުރަންވީ ފޮޓޯއާއެކު އޭނާ މިވަނީ 2021 ގައި އޭނާގެ ކެރިއަރ ޕްލޭން ވެސް ހިއްސާކޮށްފައެވެ. އެގޮތުން ކުރިއަށް އޮތީ 'ފޯތް އިންސްޓޯލްމަންޓް އޮފް ދި ސީރީޒް' ކަމަށް އެޑް ޝީރަން ބުނެފައިވެއެވެ.

މީގެ ކުރިން އޭނގާގެ އަލްބަމް ތަކަށް ކިޔާފައި ވަނީ، 'ޕްލަސް' ، 'މަލްޓިޕްލައި' އަދި 'ޑިވައިޑް' އެވެ. އެހެންކަމުން ލަފާ ކުރެވޭ ގޮތުގައި މިހަފަރުގެ އަލްބަމަށް ކިޔުން އެންމެ ގާތީ 'ސަބްޓްރެކްޓް' ނޫނީ 'މައިނަސް' އެވެ.

30 އަހަރުގެ އުފަންދުވަސް ފާހަގަ ކުރަން އެޑް ޝީރަން ލާފައި ވަނީ އޭނާގެ3 ވަނަ އުފަންދުވަސް ފާހަގަ ކުރަން ލީ ކަހަލަ ހެދުމެކެވެ.

އޭނާ ބުނެފައި ވަނީ އަލްބަމް ސީރީޒްގެ ހަތަރުވަނަ އަލްބަމް އާއެކު މިއަހަރު އަންނާނެ ކަމަށެވެ. ނަމަވެސް ވަކި ތާރީޚެއް ބުނެފައެއް ނުވެއެވެ.

މިދިޔަ ޑިސެމްބަރުގައި އެޑް ޝީރަން ވަނީ 'އާފްޓަރ ގްލޯ' ނަމަކަށް ކިޔާ ޓްރެކެއް އޭނާގެ ފޭނުންނަށް ދޫކޮށްލާފައެވެ. އޭނާ ބުނެފައި ވާ ގޮތުން، އެއީ ދެން އޭނާ ނެރޭ އަލްބަމް އެއްގެ ލަވައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް