ދިވެހިންނާ އެތައް ގޮތަކުން ގުޅިފައިވާ މަލިކު ހިމެނޭ ލަކްޝަދްވީޕްގެ ރަށްތަކުގައި ފަތުރުވެރިކަން ފެށުމުގެ ބިޔަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އިންޑިއާއިން ފަށައިފިއެވެ.
އެގޮތުން ލަކްޝަދްވީޕްގެ ރަށްތައް ހިމެނޭހެން އެންމެ ފުރަތަމަ ފަށަން ވިސްނަމުން އަންނަނީ "ކްރޫޒް ޓޫރިޒަމް" ރާއްޖޭގައިނަމަ "ލިވަބޯޑްސް" ބާވަތުގެ ފަތުރުވެރިކަމެވެ.
އެގޮތުން މިކަމަށް މާސްޓަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު ލަކްޝަދްވީޕްގެ ކަންކަން ވިލަރެސްކުރާ ޔޫނިއަން ޓެރިޓަރީ(ޔޫޓީ)ންވެސް އަންނަނީ ޕްލޭނެއް އެކުލަވާލަމުންނެވެ.
ޔޫޓީން އެކުލަވާލާ ޕްލޭންގައި ހިމެނެނީ ހަމަ އެކަނި ކްރޫޒް ޓޫރިޒަމެެއް ނޫނެެވެ. ލަކްޝަދްވީޕުގެ ތިން ރަށް ކަމުގައިވާ ކިލްތާން އާއި ޗެތުލާތާއި ބިތުރާ އައިލެންޑްސްގައި ރިސޯޓު ތަރައްގީ ކުރަންވެސް ޕްލޭންގައި ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް