ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށްޓަކައި ހޯޕް ގެ ނަމުގައި އަންނަ ފެބުރުއަރީ މަހު މަހާސިންތާއެއް ބޭއްވެނެކަމުގައި ޕީޕީއެމުން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަރ އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެޕްމެއިން ރަސްމީކޮށް ފެށުމަށް ހާއްސަކޮށްގެން ބާއްވާ މި ކޮންފަރެންސްގައި 500 އެއްހާ މީހުން ރަޖިސްޓްރީ ކުރެވިފައިވާކަމުގައި އެޕާޓީއިން ބުނެއެވެ.ކޮންފަރެންސްގެ ތެރެއިން ތަމްރީނުގެ ޕްރޮގްރާމްތަކުގެ އިތުރުން އެކި ހަރަކާތަތައް ހިންގޭނެ ކަމުގައިވެއެވެ.
ކޮންފެރެންސް ބޭއްވުމަށް ޕިޕީއެމުން ކަނޑައަޅާފައިވަނީ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުން 4 ވަނަ ދުވަހާއި ހަމައަށެވެ. އެގޮތުން މަހާސިންތާގައި ބައިވެރިވާނެކަމަށް އެޕާޓީއިން ނިންމާފައިވަނީ ޕީޕީއެމް/ޕީއެންސީ ދާއިރާގެ ރައީސުންނާއި، ނައިބު ރައީސުންނާއި، އަންހެނުންގެ ކޮމެޓީގެ ރައީސުންނާއި، ޒުވާނުންގެ ރައީސުންނާއި ސްޓިއަރިންގ ކޮމިޓީގެ ރައީސުންގެ މީގެ އިތުރުން ސްޓިއަރިންގ ކޮމިޓީގެ މެމްބަރުންނާއި ކައުންސިލް މެމްބަރުންނެވެ.
ހޯޕްގެ މިމަހާސިންތާ ބޭއްވުމަށް އެޕާޓީއިން ކުރިން ކަނޑައެޅީ މަހުގެ 19 އަދި 20 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ވީހާވެސް ގިނަ މެމްބަރުންނަށް މި ކޮންފަރެންސްގައި ރަޖިސްޓަރވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. ކޮންފަރެންސް ބާއްވާ ތާރީހު މިހާރު ވަނީ ފަސް ކުރެވިފައިވާ ކަމަށާއި އެގޮތަށް ނިންްމީ މި ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ ބައެއް ފަރާތްތަކުން ދުރާލާ ރޭވިފައިވާ ކަންތައްތަކަށް ތަންދިނުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.
މި ކޮންފަރެންސަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭނެ އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތައް ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް