ކަށަވަރު ޕްރޮމޯ 2022 ގެ ނަސީބުވެރިންނަށް އިނާމު ދީފި

އެމްޓީސީސީން 2022 ވަނަ އަހަރު ކުރިއަށް ގެންދެވުނު "ކަށަވަރު ޕްރޮމޯ 2022" ގެ ނަސީބުވެރިންނާއި އިނާމު ހަވާލުކޮށް އެ ޕްރޮމޯ ނިންމާލައިފިއެވެ. މި ޕްރޮމޯ ކުރިޔަށް ގެންދިޔައީ 2022 ވަނަ އަހަރުގެ ނޮވެމްބަރު 0...

18 Jan 2023 | 17:18

އެމްޓީސީސީން 2022 ވަނަ އަހަރު ކުރިއަށް ގެންދެވުނު "ކަށަވަރު ޕްރޮމޯ 2022" ގެ ނަސީބުވެރިންނާއި އިނާމު ހަވާލުކޮށް އެ ޕްރޮމޯ ނިންމާލައިފިއެވެ.

މި ޕްރޮމޯ ކުރިޔަށް ގެންދިޔައީ 2022 ވަނަ އަހަރުގެ ނޮވެމްބަރު 01 އިން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށެވެ.

އެމްޓީސީސީން މިއަދު ބުނީ ކަށަވަރު ޝޯރޫމްގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ޕްރޮމޯގެ ނަސީބުވެރި ފަރާތާއި އިނާމު ހަވާލުކޮށްދެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް ކަމަށެވެ.

އަދި ކަށަވަރު ޕްރޮމޯގެ ނަސީބުވެރި ފަރާތަކީ އއ. އުކުޅަސް، ޖަވާހިރުމާގޭ، ޙުސައިން ނަސީރު  ކަމަށާއި A007658 މި ފުރުޞަތުގައި، ޙުސައިން ނަސީރަށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ނަމުގައި، ތަޙުނިޔާ ދަންނަވާ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

އެމްޓީސީސީން ބުނީ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "ކަށަވަރު ޕްރޮމޯ" ގެ މަޤުސަދަކީ އޮޑިވެރިކަމާއި، މަސްވެރިކަމާއި، ޓޫރިޒަމް އަދި ޓްރާންސްޕޯޓް ސިނާއަތުގައި ހަރަކާތްތެރިވާ އެ ކުންފުނީގެ ކަސްޓަމަރުންނަށް ޑިސްކައުންޓަކާއިއެކު އެމްޓީސީސީ ކަށަވަރު ފިހާރައިން ވިއްކާ މުދާ ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވުނު ޕްރޮޑަކްޓް ތަކަކީ، ޔަންމާ އަދި ސުޒުކީ އިންޖީނާއި، އިންޖީނުގެ ސްޕެއަރ ޕާރޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގްސް، ސްކޮޓް ބޭޑަރ ފައިބަރު ސާމާނު، މާރޮލް ސްޓީރިންގ ސިސްޓަމް އަދި އިންޑަސްޓްރިއަލް ގޭސް ފަދަ ޕްރޮޑަކްޓްތައް ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށާއި  ކޮންމެ އަހަރަކު އެކިއެކި ޕްރޮޑަކްޓްތަކުން ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި، ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުމަކީ އެ ކުންފުނިން އަބަދުވެސް ކަސްޓަމަރުންނަށް އިސްކަންދީގެން ހިންގަމުން އަންނަ ހަރަކާތްތަކެއް ކަމަށް އެމްޓީސީސީން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް