ދަނޑުވެރިކަމުގެ ޓެކްސް ނުދައްކައިގެން އައިޝްވާރްޔާއަށް ނޯޓިސް ފޮނުވައިފި

ދަނޑުވެރިކަމުގެ ޓެކްސް ނުދައްކައިގެން ބޮލީވުޑްގެ ބަތަލާ އައިޝްވާރްޔާ ރާއީ ބައްޗަންއަށް ނޯޓިސް ފޮނުވައިފި އެވެ. އޭނާއަށް ދަނޑުވެރިކަމުގެ ޓެކްސް ދައްކަން ޖެހުނީ މަހާރާސްޓްރާ ސްޓޭޓްގެ ނާޝިކް ސިޓީން ގަނެފ...

18 Jan 2023 | 12:49

ދަނޑުވެރިކަމުގެ ޓެކްސް ނުދައްކައިގެން ބޮލީވުޑްގެ ބަތަލާ އައިޝްވާރްޔާ ރާއީ ބައްޗަންއަށް ނޯޓިސް ފޮނުވައިފި އެވެ.

އޭނާއަށް ދަނޑުވެރިކަމުގެ ޓެކްސް ދައްކަން ޖެހުނީ މަހާރާސްޓްރާ ސްޓޭޓްގެ ނާޝިކް ސިޓީން ގަނެފައި އޮތް އެއް ހެކްޓަރުގެ ބިމަކަށް މިދިޔަ އަހަރު ދައްކަން ޖެހޭ ޓެކްސް ނުދައްކައިގެންނެވެ. އެއީ ދަނޑުވެރިކަމާއި ގުޅޭ ކަންކަން ކުރުމަށް ހާއްސަކޮށް ދޫކުރާ ބިންތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

ޖޫރިމަނާ އާއި އެކު އޭނާ ދައްކަން ޖެހެނީ 21،960 އިންޑިއަން ރުޕީސް އެވެ.

ނާޝިކްގެ އެޑްމިނިސްޓޭޝަނުން މީޑިއާގައި ބުނީ މިދިޔަ އޮގަސްޓު މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް އައިޝްވާރްޔާއަށް ދެ ފަހަރު ޓެކްސް ދެއްކުމަށް ހަނދާން ކޮށްދިން ނަމަވެސް އޭނާގެ ފަރާތުން ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. އެހެންވެ މިމަހު 10 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރަން ނޯޓިސް ފޮނުވާފައިވާނެ ކަމަށެވެ.

އެ ނޯޓިސް ފޮނުވުމާއި އެކު އައިޝްވާރްޔާގެ ގާނޫނީ ވަކީލުން، އެޑްމިނިސްޓްރޭޝަންގެ އޮފިޝަލުންނާއި ބައްދަލުކޮށް އެއް ދުވަސް ތެރޭގައި ފައިސާ ދައްކާ ނިންމާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އައިޝްވާރްޔާ އެ ބިން ގަތީ ވިންޑްމިލް ނުވަތަ އަވިން ހަކަތަ އުފެއްދުމުގެ ވިޔަފާރިއާވަނުމަށް ކަމަށްވެ އެވެ. އޭނާ އެބިން ގަތީ 2009 ވަނަ އަހަރުއެވެ.

އެ ބިމުގެ ޓެކްސް ނުދައްކައިގެން އައިޝްވާރްޔާއަށް ނޯޓިސް ފޮނުވަން ޖެހުނު މިއީ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް