ޗައިނާއިން ތިން އަހަރު ފަހުން ރާއްޖެއަށް ވައިގެ ދަތުރުތައް ފަށައިފ އެވެ.
ޗައިނާ އަކީ މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން ރާއްޖެއަށް ދަތުރުތައް ބޭއްވުން ހުއްޓާލީ ކޯވިޑް-19 އާއި ގުޅިގެން 2020 ވަނަ އަހަރުގެ މާޗް މަހު އެވެ.
އެ ގެގައުމުގެ ބޯޑަރުތައް މިމަހު އަށް ވަނަ ދުވަހު ހުޅުވާލި ފަހުން މިއަދު ވަނީ ފުރަތަމަ ފްލައިޓާއި އެކު ޗައިނާ ޓޫރިސްޓުން ރާއްޖެ އަންނަން ފަށާފައި އެވެ. ބެއިޖިން ކެޕިޓަލް އެއާލައިނުން މިއަދު ރާއްޖެއަށް198 ޓޫރިސްޓުން އައެވެ.
މި ފްލައިޓު ރާއްޖެ އައިސްވެފައިވަނީ މެންދުރު އެވެ. އަލުން ދަތުރުތައް ފެށުމުން ރާއްޖެ އައި ޓޫރިސްޓުނަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓަރާއި ރާއްޖޭގައި ހުންވަވާ ޗައިނާ ސަފީރާއި އެމްއެމްޕީއާރުސީގެ ވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިިގެންނެވި އެވެ.
މި އެއާލައިންގެ އިތުރުން ޗައިނާ އީސްޓާން އެއާލައިން އާއި ހޮންގްކޮންގް އެއާލައިނުންުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުވެސް ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައިވެ އެވެ.
ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެގައުމުން އެ އަހަރު 284،029 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް