އެއްވެސް ރަށަކުން ހަމަ ގައިމުވެސް ކަރަންޓުގެ ޝަކުވާއެއް މިހާރު ނާދޭ: ރައީސް ސޯލިހް

ކަރަންޓުގެ މައްސަލައެއް ޝަކުވާއެއް މިހާރު އެއްވެސް ރަށަކުން މިހާރު ނާންނަކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭނ...

18 Jan 2023 | 09:52

ކަރަންޓުގެ މައްސަލައެއް ޝަކުވާއެއް މިހާރު އެއްވެސް ރަށަކުން މިހާރު ނާންނަކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި ހދ. ކުމުންދޫއަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ ސަޕޯޓަރުންނާއެކު ކުރިއަށްގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެއްވެސް ރަށަކުން ކަރަންޓު ޝަކުވާއެއް ނާދޭ، އަޔަސް އަންނަނީ ކުޑަކޮށް ރަނގަޅު ކޮށްލަން ހުރި ކަންކަމުގެ ވާހަކަ" ރައީސް ސޯލިހް ވިދާޅުވިއެވެ.

މި ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރާއީވެސް ބައިވެރިވެވަޑައިގެންނެވި މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރައީސް ޔާމީން ކެމްޕޭނު ދަތުރެއްގައިވެސް މި ރަށަށް ވަޑައިނުގަންނަވާ ކަމަށާއި އެހެންނަމަވެސް އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންނާ ހިސާބަށް އައިސް އަޑުއަހާ ތަރައްގީ ގެނައުން ކަމަށެވެ.

"ބޮޑު ބަޔަކަށް ސާފު ބޯފެނެއް ނުލިބޭ،ނަރުދަމާ ނެތް، ސިއްހީ ހިދުމަތް ދަތި އުނދަގޫ ވޭނެއް، ކުދި ރަސްރަށުގެ ސްކޫލުތައް އޮތީ ވަރަށް ހާލުގައި" ރައީސް ވިދާޅުވިއެވެ.

ރައީސް ތަކުރާރުކޮށް މި ޖަލްސާގައިވެސް ފާހަގަކުރެއްވީ މި ސަރުކާރުން ތަރައްގީ ގެންނަނީ ކުޑަ ރަށެއް، ބޮޑު ރަށެއް، މެދު ރަށެއް އަދި ސިޓީއެއްވެސް ބެލުމެއްނެތި ކަމަށެވެ.

މި ދާއިރާގެ ތިން ރަސުގައިވެސް ފެނާއި ނަރުދަމާގެ ކަންކަން ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ރަށުގެ ބަނދަރަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް ގެންނަންޖެހޭ ސާމާނު ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ގެންނާނެ ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް