މިމަހުގެ 11 ވަނަ ދުވަހު އާރްސީސީގެ ވޭނުން ބަނގުރާ ފުޅިތަކެއް ފެނުނު މައްސަލައިގައި ވެހިކަލް ދުއްވަން އިން ޑްރައިވަރު ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ދުއްވާފައި ދިޔަ ވޭނަކާ މެދު ޝައްކު ކުރެވިގެން ބެލިއިރު ބަނގުރާ ފުޅިތަކަކާއި ދަޅުތަކެއް ފެނިފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ ބިދޭސީ ޑްރައިވަރެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އާރުސީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު މައްސަލައިގައި އިހުމާލުވާ ޑްރައިވަރު މިއަދު ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާ ހިލާފު އެއްވެސް ކަމެއް އާރްސީސީން ނުކުރާނެ ކަމަށާއި އަދި ކުރާކަށް ހިއްވަރެއްވެސް ނުދޭނެ ކަމަށް ބުނެފައި ވެއެވެ.
އާރުސީސީއަކީ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ގެ އާއިލީ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް