"އަންނަނީ" ނަމުގައި ނަޝިދު ފެކްޝަނުން މަޝްރޫއުތައް ބެލޭނެ ސައިޓެއް ހަދައިފި

"އަންނަނީ" ނަމުގައި މި ސަރުކާރުން ކުރިޔަށް ގެންދާ އަދި ނިމިފައިވާ މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ވެބްސައިޓެއް ހަދައިފި އެވެ. މި ސައިޓު ހެދީ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައްޔިތުންގެ މަ...

18 Jan 2023 | 07:52

"އަންނަނީ" ނަމުގައި މި ސަރުކާރުން ކުރިޔަށް ގެންދާ އަދި ނިމިފައިވާ މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ވެބްސައިޓެއް ހަދައިފި އެވެ.

މި ސައިޓު ހެދީ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުންނެވެ.

މި ސައިޓުގައި ރާއްޖޭގެ ކޮންމެ އަތޮޅެއް އަދި ރަށެއް ވަކިން ހިމަނައި، އެ ރަށެއްގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ތަފްސީލް ހިމަނާފައިވެ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގައި ނިންމި މަޝްރޫއުތަކުގެ ތަފްސީލްވެސް ހިމަނާފައިވެ އެވެ.

އެ ސައިޓުގައި ބުނެފައިވާ ގޮތުގައި މި ސަރުކާރުން ކުރިޔަށް ގެންދާ މާޝްރޫއުތަކުގެ ތެރެއިން ނިމިފައިވަނީ 23 ޕަސެންޓު މަސައްކަތެވެ. އަނެއް 77 ޕަސެންޓު މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

https://twitter.com/waddey_/status/1615534191319592960

ސައިޓުގައި ބުނެފައިވާގޮތުގައި މި ސަރުކާރުން ނިންމިކަމަށް ބުނާ މަޝްރޫއުތަކުގެ ތެރޭގައި ކުރީގެ ރައީސް ޔާމީން ދައުރުގައި ފެށި މަޝްރޫއުތައްވެސް ހިމެނޭ ކަމަށެވެ.

މިފަދަ ސައިޓެއް ހަދާފައި މިވަނީ މި ސަރުކާރުން ފަށާ އެއްވެސް މަޝްރޫއެއް ނުނިމޭކަމަށާއި އަބަދު "އަންނަނީ އަންނަނީ" ކަމަށް ވިދާޅުވެ ނަޝީދު ވަރަށް ބޮޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވުމަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް