އެމެރިކާގައި ހަ މީހުންގެ އާއިލާއެއް މަރާލުމަށް ފަހު ފިލައިގެން އުޅޭ ބަޔަކު ހޯދަން ފައިސާގެ އިނާމު ހުށަހަޅައިފި އެވެ.
މިހާދިސާ ހިނގީ އެމެރިކާގެ ކެލިފޯނިއާގެ ސަން ފްރެންސެސްކޯގެ ކުޑަ ޓައުނެއްގައި އެވެ. އެ ގޭންގުން ނުވަތަ ބަޔަކު، އެއާއިލާ މަރާލީ އެންމެންގެ ގަޔަށް ބަޑި ޖަހައެވެ.
ކެލިފޯނިއާގެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ސަލާމަތީ ބާރުތަކަށް އެމީހުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންވެ އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އެ އާއިލާ މަރާލި ބަޔަކު ހޯދައިދީފި ނަމަ 10،000 އެމެރިކާ ޑޮލަރު ދޭނެ ކަމަށެވެ.
މި ހާދިސާ ހިންގާފައިވަނީ އިއްޔެ ރޭ މެންދަމު ތިނެއްޖަހާކަށް ހާއިރު އެވެ.
އެމީހުން ބަޑި ޖަހައި މަރާލާފައިވަނީ އުމުރުން 72 އަހަރުގެ އަންހެނަކާއި މެދު އުމުރުގެ އަންހެނަކާއި ފިރިހެނެއްގެ އިތުރުން ޒުވާން އަންހެނެއްގެ އިތުރުން 17 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ ހަ މަހުގެ ދަރިފުޅެވެ. ފުލުހުން ބުނީ އޭގެ ތެރެއިން 17 އަހަރުގެ ކުއްޖާ އާއި އޭނާގެ ދަރިފުޅު މަރާލީ ފިލަން މަސައްކަތް ކުރަނިކޮށްކަން ހަމަލާދީފައިވާ ގޮތުން އެނގޭ ކަމަށެވެ.
އެމީހުން އަންހެން ކުއްޖާ މަރާލާފައިވަނީ ފިލަން ތަނެއްގައި އިށީނދެ އިންދަ ބޮލު މެދަށް ބަޑިޖަހައިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ލަފާ ކުރާގޮތުގައި އެ އާއިލާ މަރާލީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލައެއްގައި އެވެ. އެކަމަކު ސީދާ އެއާއިލާއަށް ހަމަލާ އަމާޒުވާން ޖެހުނު ސަބަބު އަދި ހޯދިފައެއް ނުވެ އެވެ.
އެކަމަކު ދަނޑުވެރިކަމުގެ މަސައްކަތް ކުރާ އެ އާއިލާ ދިރިއުޅެނީ ކުޑަ ޓައުނެއްގައި ކަމުން އެމީހުންނަކީ މަސްތުވާތަކެއްޗާއި ގުޅުން ހުރި ބައެއް ކަމަށް ނުބެލެވޭ ކަމަށް ބުންޏެވެ. ބެލެވޭ ގޮތުގައި އެއާއިލާ މަރާލީ ފިލަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމެއް ފޮރުވުމުގެ ބޭނުމުގައި އެވެ.
މި ހާދިސާގައި އެ އާއިލާގެ އިތުރުން ޓައުނުގެ އެހެން ބަޔަކަށްވެސް ހަމަލާ އަމާޒުވި އެވެ. އާއިލާގެ އިތުރުން މަގުމަތިން ހަމަލާ އަމާޒުވި ދެމީހުން ވަނީ ސީރިއަސް ޒަހަމެއް ނުލިބި ސަލާމަތްވެފައި އެވެ.
މި މައްސަލައިގަ ކެލިފޯނިއާ ފުލުހުން ހޯދަމުންދަނީ ދެ މީހެކެވެ. ހަމަލާ ދިނީ ދެމީހުންކަން ދެނެގަތީ ޒަހަމްވި މީހުންގެ ފަރާތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް