ހަތް މަހުން ފެނާ ނަރުދަމާ އެޅެންޔާ، ކުރީގެ ވެރިން އެކަން ނުކުރީ ކީއްވެ: ރައީސް ސޯލިހް

އެންމެ ހަތް މަސް ދުވަހުން ރަށެއްގައި ފެނާއި ނަރުދަމާ އަޅާ ނިންމާލެވެންޏާ ކުރީގެ ރައީސުން އެކަން ނުކުރީ ކީއްވެތޯ ރައީސުލްޖުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މި...

18 Jan 2023 | 06:24

އެންމެ ހަތް މަސް ދުވަހުން ރަށެއްގައި ފެނާއި ނަރުދަމާ އަޅާ ނިންމާލެވެންޏާ ކުރީގެ ރައީސުން އެކަން ނުކުރީ ކީއްވެތޯ ރައީސުލްޖުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ހދ. ކުރިނބީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ހަ މަހުން ހަތް މަހުން ނިންމާލެވެންޏާ ކީއްވެ ނުކުރީ، އެހެން ނަމަ މިއަދު މިކަން ކުރަން ނުޖެހުނީސް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދާއިރާގެވެސް ތިން ރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއު ފެށިގެން ކުރިއަށްދާކަމަށެވެ. އަދި ސަރުކާރުން ފަށާފައިވާ މިފަދަ މަޝްރޫއުތަކުގެ 90 އިންސައްތަ މަސައްކަތް، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ނިމި ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.

"މި އަހަރު ނިމްނެވާއިރަށ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކޮށް ފޯރުކޮށްދޭން ފެށޭނެ، އޭރުން އަދި ކިރިޔާ ތަރައްގީގެ ވާހަކަ ފެއްޓޭނީ،އަބަދުވެސް މި ދަންނަވަނީ ތާހިރުވެ ތިބެގެންނޭ ތަރައްގީގެ ވާހަކަ ދައްކަން ފެއްޓޭނީ" ރައީސް ވިދާޅުވިއެވެ.

ކުރިނބީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެ އަހަރު ގެއްލިގެން ދިޔަސް ދެ އަހަރުގެ ތެރޭގައި، އެހެން ސަރުކާރަކުން ނުވަތަ ސަރުކާރުތަކުން ފަސް އަހަރު ނުވަތަ 10 އަހަރުގެ ތެރޭގައި ނުގެންނަހާ ތަރައްގީ ގެނެވިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް