ހަނިމާދޫން 200 ގޯތި ދޫކޮށްފި

ހދ. ހަނިމާދޫއިން އަހަރުތަކަކަށް ފަހު ގޯތި ދޫކޮށްފި އެވެ. އެ ރަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ފެބްރުއަރީގައި އެވެ. މުއްދަތު ހަމަވި އިރު500 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފަ...

18 Jan 2023 | 05:53

ހދ. ހަނިމާދޫއިން އަހަރުތަކަކަށް ފަހު ގޯތި ދޫކޮށްފި އެވެ.

އެ ރަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ފެބްރުއަރީގައި އެވެ. މުއްދަތު ހަމަވި އިރު500 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވެ އެވެ.

ހަނިމާދޫ ކައުންސިލުން ބުނީ މިފަހަރު ދޫކޮށްފައިވަނ ީ200 ގޯތި ކަމަށެވެ. އެއީ 3000 އަކަފޫޓުގެ ގޯއްޗެވެ.

ގޯތި ދޫކޮށްފައިވަނީ ވަރަށް ބެލުމަށް ފަހު އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ކަމަށް އެ ކައުންސިލުން މީޑިއާގައި ބުންޏެވެ.

މި ގޯތިތައް ދޫކޮށްފައިވަނީ ހަނިމާދޫގެ ރަސްމީ ބޯޅަދަނޑުގެ އިރުމަތީ ފަރާތުންްނާއި، ހަތިފުށީ ރައްޔިތުންނަށް ދީފައިވާ ގޯތިތަކުގެ އިރުމަތީ ފަރާތުގެ އިތުރުން އެރަށުގައި ފެކްޓްރީ ހިންގުމަށް ކުރިން ދޫކޮށްފައިވާ ބިމުންނެވެ.

ހަނިމާދޫ ކައުންސިލުން ނިންމާފައިވަނީ މިހާރު ދޫކޮށްފައިވާ ގޯތިތަކުގެ ހުރިހާ މަސައްކަތެއް ނިމުމުން އަނެއްކާވެސް ގޯތި ދިނުމަށް އިއުލާނު ކުރުމަށެވެ.

ހަނިމާދޫއިން200 ގޯތި ދޫކޮށްފައި މިވަނީ12 އަހަރު ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް