ރަސްދޫ ބަނދަރު ބޭރުތޮށި ޖެހުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން އެމްޓީސީސީއަށް

އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ. މި މަޝްރޫއު އެ ކުންފުންޏައި ހަވާލު ކުރީ ޕްލޭނިން މިނިސްޓްރީގ...

18 Jan 2023 | 05:26

އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއު އެ ކުންފުންޏައި ހަވާލު ކުރީ ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެވެ.

އެއްބަސްވުމުގައި އެމްޓީސީސީގއ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

މި އެއްބަސްވުމުގެ ދަށުން ސޭންޑް ފިލްޑް ބްރޭކްވޯޓާ ރިކްލެމޭޝަން 104،000 ކިއުބިކް މީޓަރަށް ތަރައްގީކުރާނެ އެވެ. 64 މީޓަރަށް ބްރޭވޯޓާ ޖެހުމާއި 42 މީޓަރަށް ސަބްމާޖް ބްރޭވޯޓާ ޖެހުމަށް ހަމަޖެހިފައިވެ އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 1736 މީޓަރަށް ރިވެޓްމެންޓް ޖެހުމާއި 224 މީޓަރަށް ގްރޮއިން ޖެހުމުގެ އިތުރުން ހަތަރު ނެވިގޭޝަން ލައިޓް ހަރުކުރުން ހިމެނޭ ކަމަށެވެ. އަދި 10 މަގު ބައްތި ހަރުކުރުމާއި 450 އަކަ މީޓަރަށް ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

މީގެ އިތުރުން 43 މީޓަރަށް ކޮންކްރީޓް ބްރިޖް ހެދުމަސް ނިންމާފައިވާއިރު 20 މީޓަރަށް ކޮންކްރީޓް ބްރިޖް ހަދާނެ އެވެ.

މިއީ86.8 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

މި މަސައްކަތް ނިންމަން ޖެހެނީ އެއް އަހަރު ދުވަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް