ރަންބީރު ކަޕޫރާއި އާލިއާ ބަޓުގެ ދަރިފުޅު ރަހާ ކަޕޫރަކީ އެ ދެ އާއިލާގެ ދެލޮލުގެ ނޫރެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު ހަ ވަނަ ދުވަހު އާލިއާ ވިހޭންސުރެ ދެ ފަރާތު އާއިލާއަށް އެންމެ މުހިންމު ވަނީ ރަހާ ބޮޑުވަމުން ދާއިރު އަންނަ ބަދަލުތަކާއި ރަހާ އާއި ގުޅޭ ތަފާތު ކަންކަމެވެ. މިހާތަނަށް ރަހާ މީޑިއާއަށް ދައްކާލާފައެއް ނުވެ އެވެ. ރަންބީރާއި އާލިއާ ވަނީ ދަރިފުޅު އާންމުންނަށް ދައްކަން ބޭނުން ނުވާ ކަމަށް ބުނެފައި އެވެ.
އެހެންވެ އާއިލާ ފަރާތުން ލިބޭ ރަހާ އާއި ގުޅޭ މައުލޫމާތަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެއެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި ތިން މަސް ފުރެން ގާތްވެފައިވާ ރަހާއަށް މިހާރު އަޑުތައް ފާހަގަ ކުރަން އެނގި ދިމަ ދިމާލަށް ބަލަ އެވެ.
ރަހާއަށް އާންމުކޮށް އޭނާއަށް ޒިޔާރަތް ކުރާ މީހުންގެ އަޑު ފާހަގަ ކުރަން އެނގޭ ކަމަށާއި އޭގެ ތެރެއިންވެސް ރަހާ އެންމެ އުފާވަނީ ރަންބީރުގެ މަންމަ ނީތޫ ކަޕޫރުގެ އަޑު އިވުމުން ކަމަށް ބުނެފައިވެ އެވެ.
ނީތޫ ލޯބިކޮށްލުމުގެ ގޮތުން ކޮންމެ އެއްޗެއް ބުންޏަސް ރަހާ ރިއެކްޓު ކުރާ ކަމަށް ބުނެފައިވެ އެވެ. ނީތޫގެ ފަރާތުން ލިބެމުން އަންނަ ހާއްސަ ލޯބިން ރަހާއަށް ލިބެމުން އަންނަ ކުރިއެރުމާއި މެދު އާލިއާ ހުންނަވަނީ ވަރަށް އުފަލުން ކަމަށްވެ އެވެ.
އެގޭގައި އުޅޭ މީހަކު މީޑިއާގައި ބުނީ ނީތޫއަށް ދުވާލަކު އެއް ފަހަރު ރަހާ ކައިރިއަށް ނުދެވިއްޖެ ނަމަ ވީޑިއޯ ކޯލް ކޮށްގެންވެސް ރަހާ އާއި ލޯބިކޮށް ހަދާ ކަމަށެވެ.
މިހާތަނަށް ރަހާގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އާންމުވެފައި ނުވާއިރު ކުރިޔަށް އޮތްތާ އެކަން ވާނެހެންނެއްވެސް ހިއެއް ނުވެ އެވެ. އެއީ ރަންބީރާއި އާލިއާ ވަނީ އެމީހުންގެ ގެ ވަށާލައިގެން 24 ގަޑިއިރު ތިބޭ ޕަޕަރާޒީންނާއި ބައްދަލުކޮށް، ރަހާގެ ފޮޓޯ ނުނެގުމަށް އެއްބަސް ކުރުވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް