އުރީދޫ މޮބައިލް ބެލެންސުން ގޭމިންގްއާ އީކޮމާސް ޕެލެޓްފޯމްތަކުގެ ގިފްޓް ކާޑް ގަނެވޭގޮތް ހަދައިފި

އުރީދޫއިން އޮންލައިން ގޭމިންގް އަދި އީކޮމާސް ޕެލެޓްފޯމްތަކުގެ ގިފްޓް ކާޑް ފޯރުކޮށްދޭ ކާޓީ ސްޓޯ ރާއްޖެއަށް ތައާރަފްކޮށްފި އެވެ. ކާޓީ ސްޓޯރަކީ މެދުވެރިކޮށް އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭ...

18 Jan 2021 | 17:54

އުރީދޫއިން އޮންލައިން ގޭމިންގް އަދި އީކޮމާސް ޕެލެޓްފޯމްތަކުގެ ގިފްޓް ކާޑް ފޯރުކޮށްދޭ ކާޓީ ސްޓޯ ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ކާޓީ ސްޓޯރަކީ މެދުވެރިކޮށް އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް ފަދަ އޮންލައިން ގޭމިންގް އަދި އީކޮމަސް ޕެލެޓްފޯރމްތަކު ގޭމިން ކޯޑް އަދި އީ-ގިފްޓް ކާޑް ގަނެވޭ އިންޓަނޭޝަނަލް އޮންލައިން ޕްލެޓްފޯމެކެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ނުކޮށް ކާޓީ ސްޓޯ އިން ތަކެތި ގަތުމަށް މިހާރު ވަރަށް ފަސޭހަވާނެ ކަމަށެވެ. އެގޮތުން ޕޯސްޓްޕެއިޑް ކަސްޓަމަރުން ގެ ބިލުގައި ހިމަނާގޮތަށް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް މޯބައިލް ބެލެންސް ގައި ހުރި އަދަދަކުން ކާޓީ ސްޓޯއިން ތަކެތި ގަތުމަށް ބޭނުން ކުރެވޭނެ ކަމަށް ބުނެ އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ މުޅި ރާއްޖޭގައި ވެސް ފެންނަމުން ދަނީ އޮންލައިންކޮށް ވިޔަފާރި ކުރުމާއި އޮންލައިން ގޭމިން އަދި އޮންލައިން ސްޓްރީމިން ވަރަށް ބާރަށް ފެތުރެމުން ދާތަން ކަމަށެވެ، އެފަދަ ހިދުމަތްތައް ހޯދުމަށް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކުރަން ޖެހުމަކީ ބައެއް ފަރާތްތަކަށް އުނދަގޫ ކަމެއް ކަމަށް ނަޖީބު ވިދާޅުވި އެވެ.

ކާޓީ ކާޑް ގަތުމަށްޓަކައި، "ބައި އަ ކާޑް" ލިންކުން، ބޭނުންވާ ބްރޭންޑާއި އަދަދު އިހްތިޔާރުކޮށް، މޯބައިލް ނަމްބަރު ޖެހުމަށްފަހު ޕާޗޭސް ކުރާނީއެވެ. ޕާޗޭސް ފުރިހަމަ ކުރެވުނުކަން ޔަގީން ކުރުމަށްޓަކައި، މޯބައިލް ފޯނަށް އަންނަ ޕިން ނަމްބަރު ޖެހުމަށްފަހު ކޮންފާމް ކޮށްލުމުން ގަނެވުނު ކާޑު މައި ކާޑްސް އިން ފެންނާނެއެވެ.

އިތުރު މައުލޫމާތު http://ore.do/karti މި ލިންކު މެދުވެރިކޮށް ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް