މިއީ ވެސް ރާއްޖޭގެ އުތުރުގެ ރަށެއްގައި ހިނގާދިޔަ ރޭޕްގެ ހާދިސާއެކެވެ. މި ހާދިސާ ހިނގާފައިވަނީ މީގެ 20 ވަރަކަށް އަހަރުކުރިންނެވެ.
މި ރޭޕުގެ ޝިކާރައަކަށް ވި މިހާރު އުމުރުން 35 އަހަރުގެ ނަދީމާ ( އަސްލުނަމެއްނޫން) ކިޔައިދީފައިވަނީ ބަޔަކަށް މިކަމުން ޢިބުރަތެއް ލިބި އެފަދަ ކަންކަމުން ސަލާމަތްވުމަށް މަގުފަހިވެދާނެ ސަބަބަކަށް ބަލާފަ ކަމަށް އޭނާ ބުނެފައިވެއެވެ.
ނަދީމާ ކިޔައިދިނެވެ. "އަހަރެންގެ އުމުރުން 15 އަހަރުގައި އަހަރެންގެ އަމިއްލަ ބޭބެ އަހަރެންގެ ޢިތްފަތްތެރިކަން ފޭރިގަތެވެ. ބޭބެ އަހަރެންގެ ޢިތްފަތް ފޭރިގަތީ އަހަރެން ފެންވަރަން ގިފިލީގައި ހުއްޓާ ގިފިލި ފާރުމަތިން ފުންމާލައިގެން ވަދެއެވެ. އޭރު ހާލަތު ހުރި ގޮތުން މިހާރު ހުންނަކަހަލަ ފާޚާނާއެއް ނުހުރެއެވެ. ހުންނަނީ ހަތަރު ފާރު ރާނާފައި ވަޅެއް ބައްހަޓާފައެވެ. ފެންވަރަނީ ދާނިންނެވެ. ބޭބެ ފާރުމަތިން އަރައިގެން ގިފިލިތެރެއަށް ވަދެ އަހަރެންގެ ފުރަގަހުން އައިސް އަހަރެންގެ އަނގަމަތީގައި އަތްއެޅުމާއި އެކު އަހަރެންގެ ގައިގާ ބެއްދިއެވެ. އޭރު އަހަރެން ފެންވަރަން ހުރީ ބަރަހަނާ ހާލުގައެވެ. އެހެން ކަމުން ބޭބެއަށް އޭނާ ބޭނުންވި ކަންތައް ކުރުމަށް ފަސޭހަވެގެން ދިޔައެވެ. އެގޮތުން އަހަރެން ގިސްލާފަ ރޮވެރޮވެ އޮއްވާ ބޭބެ އަހަރެންގެ އިތްފަތްތެރިކަން ފޭރިގަތުމަށްފަހު އެނބުރި ނިކުމެގެން ދިޔައެވެ. އޭރު ބޭބެގެ އުމުރުން ވެސް ވާނީ 28 ނޫނީ 29 ވަރަކަށް އަހަރެވެ.
އެރޭގެ އެކަންތައް ހިނގާދިޔައީއެވެ. އެ ރަހުމު ކުޑަ އެއްބަނޑު އެއްބަފާ ބޭބެ އެއްވެސް ރަހުމެއްނެތި އޭނާގެ ވަކިތަކުން އަހަރެން ނޮޅާލީ އަހަންނަކީ އޭނާއާއި އެއް ލޭގެ ގުޅުން ހުރި މީހެއްކަމަށް ވެސް ބެލުމެއް ނެތްހާލުގައެވެ.
ކޮންމެއަކަސް އެރޭގެ ފަހުން އަހަރެން އެވާހަކަތައް އެންމެ ފުރަތަމަވެސް ކިޔައިދޭން އަހަރެން އުޅުނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށެވެ. ނަމަވެސް އެވާހަކަތައް އެ އެކުވެރިޔާއަށް ކިޔާދޭހާ ހިތްވަރެއް އެވަގުތަކު އަހަރެންގެ ގަޔަކުނެތެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ޖެހިގެން އައި ދުވަހު އަހަރެން އެވާހަތައް އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް ކިޔައިދިނީމެވެ. ނަމަވެސް އޭނާއަށް ވެސް އެކަން ގަބޫލުކުރުން ވީ ވަރަށް ދަތިކަމަކަށެވެ. އަދި ހަމަ އެވަގުތު އަހަރެންގެ އެކުވެރިޔާ އެވާހަކަތައް އަހަރެންގެ މަންމަ ގާތު ބުނުމަށް ނަސޭހަތްތެރިވިއެވެ. އަހަރެންގެ ރަހުމަތްތެރިޔާގެ އެދުމުގެ މަތިން އަހަރެން އެވާހަތައް އަހަރެންގެ މަންމައަށް ވެސް ކިޔައިދިނީމެވެ. ނަމަވެސް އަހަރެންގެ މަންމަ ރުޅިއައީ އަހަރެންދެކެވެ. އަދި އަހަރެންގެ މަންމަ ވަރަށް ރުޅި ގަދަވެފައި ބޭބެއާއި ބެހޭގޮތުން އެފަދަ ބުހުތާނު ދޮގު ނުހެދުމަށް ބުނެ ހަޅޭއްލަވައިގަތެވެ. އަދި ހަމަ މިހާރު އަހަރެން ގެއިން ނުކުމެގެން ދިއުމަށްވެސް މަންމަ އެންގިއެވެ. އެހިސާބުން އަހަރެން ނިންމީ އިތުރު ވާހަކައެއް ނުދައްކާ އަހަރެންގެ ރަހުމަތްތެރިޔާގެ ގެއަށް ބަދަލުވުމަށެވެ.
އަހަރެން އަހަރެންގެ އަންނައުނުކޮޅު ފޮއްޓަށް އަޅައިގެން ހަމަ އެދުވަހު ގެއިން ނިކުމެގެން އަހަރެންގެ ރަހުމަތްތެރިޔާގެ ގެއަށް ބަދަލުވީމެވެ. އަދި އެދުވަހަށްފަހު އަހަރެން އެބޭބެއާއި އޮތް ގުޅުން ކަނޑާލުމަށް ނިންމީމެވެ. އަދި ދުވަހަކުވެސް ހަކަ ނުދެއްކުމަށް ވެސް އަޒުމު ކަނޑައެޅީމެވެ. އަހަރެން ވަރަށް ރުއީމެވެ. ގިސްލަ ގިސްލާ ރުއީމެވެ. ނަމަވެސް އޯގާތެރިކަމުގެ އަތަކުން އަހަރެންގެ ބޮލުގައި ފިރުމާލަދިން ހަމަ އެކަނި މީހަކީ އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. ދުވަސްތައް ވޭތިވަމުން ދިޔައެވެ.
އަހަރެންގެ އިތްފަތްތެރިކަން ބޭބެ ނިގުޅައިގަތްތާ ހަތަރު އަހަރު ފަހެވެ. އަހަރެން ލޯބީގެ ގޮތުން ކުއްޖަކާއި ގުޅުނީމެވެއެވެ. އޭރު އަހަރެންގެ އުމުރަކީ 20 އަހަރެވެ. މާ ގިނަ ދުވަސްތަކެއް ނުވަނީސް އަހަރެން އަހަރެންގެ ލޯބިވެރިޔާއާއި ކައިވެނި ކުރުމަށް ނިންމާ ކައިވެރނިކުރުމަށް ވެސް ވަކި ތާރީޚެއް ކަނޑައެޅީމެވެ. ކައިވެނި ކުރުމަށް ކަނޑައެޅި ދުވަސްވެސް އަތުވެއްޖެއެވެ.
އަހަރެންނާއި އަހަރެންގެ އަލަތު ލޯބިވެރިޔާއާއި ދެމީހުން އަލަތު ކައިވެންޏެއް ކުރަން ރަން ކިޔަން އޮތް ރޭ އަހަރެންގެ އެ ނުލަފާ ރަހުމު ކުޑަ އެބޭބެ އަހަރެން އުޅޭ ގެއަށް އައެވެ. އަދި އައިސް ވެދިޔަ ކަންތަކަށް އަހަރެން ކިބައިން މާފަށް އެދުނެވެ. އެއީ އެއްވެސް އަންހެނަކަށް ފަހަރެއްގައިވެސް މައާފު ކުރެވޭވަރުގެ ކަމެއް ނޫނެވެ. އަހަރެންގެ ދެލޮލުން ކަރުނަތައް ހޯސްލާފައި ފައިބަން ފެށިއެވެ. އަދި ގިސްލަމުން ހިތާއި ދެކޮޅަށް ވެސް ބޭބެއަށް މައާފު ކުރީމެވެ.
ބޭބެ މައާފަށް އެދުނު ހިސާބުން އަހަރެންގެ ހިތައް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އަދި އެރެއަށްފަހު އަހަރެން ހީކުރީ ދެން ބޭބެގެ ފަރާތުން އެފަދަ އަނިޔާއެއް ތަކުރާރު ނުވާނެ ކަމަށެވެ. ނަމަވެސް ކަން ވެގެން ދިޔައީ ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ.
އަހަރެން އަހަރެންގެ ލޯބިވެރިޔާއާއި ކައިވެނި ކުރީ ޖެހިގެން އައި ދުވަހުގެ މެންދުރު ވަގުތެއްގައެވެ. ކައިވެނިކޮށްގެން އަހަރެމެން ދެމީހުން ކޯޓުން ނިކުތްއިރު، އަހަރެންގެ ބޭބެ އެތަނަށް އައިސް ހުއްޓެވެ. އަދި ދެކުދީނަށްވެސް އުފާވެރި ކައިވެންޏަކަށް މަރުޙަބާކިއެވެ.
އަހަރެންގެ ކައިވެނީގެ ފުރަތަމަ ރެއެވެ. ހިންދީބަހުން ބުނާނަމަ އަހަރެންގެ ސުހާގު ރާތެވެ. އެރޭ ވެގެން ދިޔައީ އަދި ވަކީން ހިތްދަތި ރެއަކަށެވެ. އަހަރެންގެ ހަލާލު ފިރިމީހާގެ ބަދަލުގައި އަހަރެންނާއި އެކު ސުހާގުރާތު ހެދީ އަހަރެންގެ އިތްފަތްތެރިކަން ފުރަތަމަ ވެސް ގަދަކަމުން ފޭރިގަތް އަހަރެންގެ އެއްލޭ ހިނގާ އެއްބަނޑު އެއްބަފާ ނުލަފާ ބޭބެއެވެ. މިއީ އަހަރެންގެ ފިރިމީހާ އާއި ބޭބެއާއި ދެމީހުންގެ ރޭވުމެއްގެ ދަށުން ހިންގި މުޑުދާރު އަމަލެކެވެ. ނަމަވެސް މިކަން އަހަރެންނަށް އެނގުނީ ފަހުންނެވެ.
އަހަންނާއިމެދު އޯގާތެރި ވުމުގެ ބަދަލުގައި ފިރިމީހާ ވެސް ދިނީ އަނިޔާއެވެ. އެގޮތުން އޭނާ ބޭނުންވީ ދެމަފިރިން ކަމުގައިވިޔަސް ކުރުން ހަރާމް ކަންތައް އަހަރެންލައްވާ ކުރުވާށެވެ. ބޭބެއަށް ލާރިއަށް އަހަރެންގެ ހަށި ވިއްކާށެވެ. ނާސިގެއެއްގައި އަންހެން ކުދިން ހަށިވިއްކާ ފަދައިންނެވެ. އެކަން އޭނަ ކިތަންމެ ރަނގަޅަކަށް ވެސް ކުރިޔެވެ. ފަހަކަށް އައިސް މުޅިންވެސް އަހަރެންގެ ހަށި ބޭނުން ކުރަމުން ގެންދިޔައީ އަހަރެންގެ ބޭބެއެވެ. ފިރިމީހާއަށް ލާރި ދީގެން އަހަރެންގެ ނުރުހުމުގައެވެ.
އަހަރެން އަހަރެންގެ ފިރިމީހާ ގާތު ރޮއެ އާދޭސް ކުރީމެވެ. އަހަރެންނަށް ތިހެން ނުހަދާށޭ ގޮވަމުންނެވެ. ބޭނުން ނެތިއްޔާ ވަރިކުރަން ވެސް އެތަކެއް ފަހަރު އެދުނީމެވެ. ނަމަވެސް އެކަން ވެސް އޭނާ ނުކޮށްދީ އަހަރެންގެ ބޭނުން ނާޖާއިޒްގޮތުގައި ހިފަމުން ގެންދިޔައެވެ. ވަލު ޖަނާވާރެއް ފަދައިންނެވެ. އެއްރެޔަކު އަހަރެންގެ އެންމެ ގާތް އެކުވެރިޔާގާތު އެވާހަތައް އަހަރެން ކިޔައިދިނީމެވެ. އަދި އެ ކަންތަކުން ސަލާމަތް ކޮށްދިނުމަށް ރޮއެ އާދޭސް ކުރީމެވެ. އެރެއިން ފެށިގެން އަހަރެންގެ ރަހުމަތްތެރިޔާ އަހަރެން އެކަމުން ސަލާމަތް ކޮށްދިނުމުގެ މަސައްކަތް ފެށިއެވެ. އެކުވެރިޔާގެ ރޭވުންތެރިކަމާއި އެކު އެ ނުބައި ނުލަފާ ބޭބެއާއި ރަހުމް ކުޑަ ފިރިމީހާގެ ކިބައިން ސަލާމަތް ވެވޭތޯ މަސައްކަތް ފެށީމެވެ.
އެކުވެރިޔާގެ ރޭވުންތެރިކަމުގެ ދަށުން އަހަރެން ބުރަކަމަސައްކަތުން އެކައިވެނި ރޫލާލީމެވެ. އެ ނުލަފާ ހައިވާނެއް ފަދަ ފިރިހެނާގެ ކިބައިން ސަލާމަތް ވީމެވެ. އޭނާއާއި ވަކިވެވުމަކީ އަހަންނަށް ލިބުނު ނަސީބެއް ކަމުގައި ދެކެމެވެ.
ނަމަވެސް ކިތެންމެ އިހާނެތިކޮށް އަހަންނާއިމެދު ކަންތައްކުރި ނަމަވެސް އޭގެން އެއްވެސް މީހަކަށް ބަދަލު ހިފާކަށް ނޫނީ ޤާނޫނީ ފިޔަވަޅު އަޅާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން އެކަމުގެ ބަދަލު ނުހިފިނަމަވެސް ﷲގެ ރަޙުމަތުން އެމީހުން ކުރިކަންތަކުގެ ޖަޒާ އެމީހުންނަށް ލިބުނެއެވެ. އަދި ވެސް އެމީހުން ތިބީ އެހާލަތުގައެވެ.
އެކަންތަކުން ސަލާމަތް ވުމުން އަހަރެން ހަމައެކަނި ބޭނުންވީ އެ ހިތްދަތި ހިތާމަ ދެން އަހަރެންގެ ހިތުން އެއްކޮށް ފިލުވާލާ އަލުން އާދިރިއުޅުމެއް އަލުންއާ ހަޔާތެއް ފެށުމެވެ. އެގޮތުން އަހަރެން ދެވަނަ ކައިވެންޏެއް ކޮށް މިހާރު ބޮޑެތި ދަރިން ވެސް އަހަރެންގެ އެބަތިއްބެވެ.
އެކުވެރިންނޭވެ. މިއީ އަހަރެންގެ ހިތިމާޒީގެ ސަފުހާއިން ކިޔުންތެރިންނަށް ހިއްސާކޮށްލި ހަޤީޤީ ހާދިސާއެކެވެ. މި ވާހަކައިންވެސް އިބުރަތެއް ފިލާވަޅެއް ކޮންމެވެސް އަންހެނަކަށް ލިބިދާނެ ކަމުގައި އުންމީދުކުރަމެވެ. އެ އަންހެން މީހާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް