ރާއްޖެއިން އިތުރު 69 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވީ މާލެއިން 35 މީހުންނާއި ރިސޯޓުތަކުން 26 މީހުން ކަމަށެވެ. ދެން ޕޮސިޓިވް ވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުން އަށް މީހުންނެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 3،330 ސާމްޕަލެވެ.
ކޯވިޑަށް ފަރުވާ ދެމުން ދަނީ 960 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 74 މީހުންނަށެވެ.
ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 26 މީހުންނެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވެފައިވާ ޖުމްލަ އަދަދަކީ 13،566 މީހުންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ރާއްޖެއިން 49 މީހުން ވަނީ މަރުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 14،582 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް