އައްޑޫ ސިޓީގައި ކޯވިޑް-19 ފެތުރޭ ތޯ ބަލަން ރެންޑަމް ސާމްޕަލް ނަގަން ނިންމައިފި އެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އައްދޫ ސިޓީގެ ރަށްތަކުގައި ރެންޑަމް ސާމްޕަލް ނަގަން ފަށާނީ މާދަމާ ކަމަށެވެ. އެގޮތުން ރެންޑަމް ސާމްޕަލް ނަގާނީ ފެރީތަކުގައި މަސައްކަތް ކުރާ މީހުންނާއި ފިހާރަތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކަމަށް ބުނެ އެވެ.
އެޗްއީއޯސީން ބުނީ އެ ސިޓީގެ ރަށްތަކުގައި ރެންޑަމް ސާމްޕަލް ނަގަން ނިންމީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ކުރާ މަސައްކަތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން
މީގެ ކުރިންވެސް އައްޑޫގައި ރެންޑަމް ނަގާފައިވެ އެވެ. އެކަމަކު އެފަހަރު ނެގި އެއްވެސް ސާމްޕަލެއް ޕޮސިޓިވްވެފައެއް ނުވެ އެވެ.
އައްޑޫ ސިޓީގައި ރެންޑަމް ސާމްޕަލް ނަގަން ފަށާފައި މިވަނީ ގއ. ދެއްވަދޫގައި ކޯވިޑް ފެތުރެމުންދާތާ ދުވަސް ކޮޅެއް ވެފައިވަނިކޮށް އެކަން އެނގިފައިވާ ދަނޑިވަޅެއްގައި އެވެ. ދެއްވަދޫ ކްލަސްޓާ އާއި ގުޅުން ހުރި ޕޮސިޓިވް ކޭސްތައް މިހާރު އެ ރަށުގެ އިތުރުން ހަތަރު ރަށެއްގައި އެބަ ހުއްޓެވެ.
މި ކްލަސްޓާ އާއި ގުޅުން ހުރި 69 މީހުން މިހާތަނަށް ޕޮސިޓިވްވެފައިވެ އެވެ. އެހެންވެ އެޗްއީއޯސީން ދަނީ ގއ. އަތޮޅުގެ ބައެއް ރަށްރަށުގައިވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް