ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގަ ބައިވެރިވުމަށް ފަހު ރާއްޖެ އައުމުން ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.
އުމުރުން34 އަހަރުގެ އެމީހާ ސީރިއާގައި ހަނގުރާމަ ކުރަން އުޅުމަށް ފަހު ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު އެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އޮކްޓޯބަރު 16 ވަނަ ދުވަހު އެވެ.
ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި އޭނާ ރިހެބިލިޓޭޓް ކުރަން ބަންދު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު24 ވަނަ ދުވަހު އެވެ.
މިއަދު ފުލުހުން ބުނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެ މީހާ ދޫކޮށްލާފައިވާ ކަމަށެވެ. އެކަމަކު އޭނާ ދޫކޮށްލި ސަބަބެއް ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ ބަންދުން ދޫކޮށްލި ނަމަވެސް މޮނިކޯން އަމުރެއްގެ ދަށުން ފުލުހުން ދަނީ އޭނާގެ ކަންކަން ބަލައި މޮނިޓާ ކުރަމުން ކަމަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ގާއިމްކުރަން ޖެހޭ މަރުކަޒުތައް، ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ގާއިމްކޮށް، އެންޓި ޓޯޗާ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކުރާ ތަނެއްގެ ގޮތުގައި އެތަން ކަނޑައަޅާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 22 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް