ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ

އއ. ވެލިގަނޑު ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމަށް އެމްއެންޑީއެފް ފަރަޔ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރި ވާން ފަށައިފިއެވެ. މި ހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބިފައިވަނީ...

18 Jan 2021 | 09:32

އއ. ވެލިގަނޑު ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމަށް އެމްއެންޑީއެފް ފަރަޔ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރި ވާން ފަށައިފިއެވެ.

މި ހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބިފައިވަނީ މިއަދު 14:15 ހާއިރުއެވެ. އަލިފާން ހިފާފައިވަނީ ގެސްޓް ރޫމެއްގައި ކަމަށާއި، ރޯވި އަލިފާން އެ ރިސޯޓްގެ މުވައްޒަފުން ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

އެމްއެންޑީއެފް ފަރަޔ ލޯންޗް މިހާރު ދަނީ އެ ރިސޯޓަށް ދަތުރު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް