ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ނުދޭކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކެމްްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ. މި މައްސަލަ ސި...

18 Jan 2021 | 09:25

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކެމްްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.

މި މައްސަލަ ސިވިލް ކޯޓުން ބަލައިނުގެންނަން ނިންމައި ބޭރުކޮށްލީ ކީއްވެކަން އަދި ސާފެއް ނުވެ އެވެ.

މިކަމާއި ގުޅިގެން ކޯލިޝަނުން މި މައްސަލައިގަ ދެން ކުރިޔަށް ދާނެ ގޮތަކާއި ބެހޭގޮތުން ކޯލިޝަންގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވާނެ ކަމަށެވެ. އެކަމަކު މި މައްސަލަ ސިވިލް ކޯޓުން ބޭރު ކޮށްލިޔަސް ހައި ކޯޓަށް އަދި ފަހުން ސުޕްރީމް ކޯޓަށްވެސް ހުށަހަޅާނެ ކަމަށެވެ.

ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ ކޯޓަށް ދާން އިދިކޮޅުން ނިންމީ އެކިއެކި ސަބަބުތަކާ ހެދި ސަރުކާރާއި ކުންފުނިތަކުގެ އިސްވެރިން ރަށްރަށަށް ދަތުރުކުރައްވައި ކެމްޕޭން ކުރައްވަމުން ގެންދަވާ ކަމަށް ބުނެ އެވެ. އަދި އިދިކޮޅަށް އަތޮޅު ތެރެއަށް ގޮސް ކެމްޕެއިން ކުރުމުގެ ހުއްދަ އެޗްޕީއޭއިން ނުދީ އޮންލައިންކޮށް ކެމްޕެއިން ކުރުމަށް އަންގާތީ އެވެ.

އިދިކޮޅު ކޯލިޝަނުން ދަނީ ވިހާވެސް އަވަހަކަށް ކައުންސިލް އިންތިހާބު ބާއްވަން ސަރުކާރަށް ގޮވާލަމުންނެވެ. އަދި ކައުންސިލް އިންތިހާބު ފަސް ކުރަން އެކި ގޮތްގޮތުން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުވެސް އެ ކޯލިޝަނުން ސަރުކާރަށް ކުރެ އެވެ.

ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު އިންތިހާބާއި ގުޅޭ ތިން މައްސަލައެއް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެއީ އަލުން ކެންޑިޑޭޓުން ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމާއި، ޕީޕީއެމްގެ ކެންޑިޑޭސީ ބާތިލް ކުރި މައްސަލައިގެ އިތުރުން ކައުންސިލުތަކުން ވަކި އަދަަދަކަށް ގޮނޑި އަންހެނުންނަށް ހާއްސަކުރި މައްސަލައެވެ.

ކައުންސިލް އިންތިހާބު އަވަހަށް ބޭއްވެން އަންނަނީމި މައްސަލަތަކާއި އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް އިސްލާޙު ގެނެސްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް