އައްޑޫ ސިޓީ ދެކުނުން 311 ނޯޓިކަލް މޭލު ބޭރުން ކަނޑުދަތުރު ކުރަމުން ދިޔަ އާގު ބޯޓެއްގައި އޮތް ބަލި މީހަކަށް އެމްއެންޑީއެފް ކޯސްޓް ގާޑުން އެހީތެރިވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ހާލު ދެރެވެގެން "އެމްވީ ފެންގް ލޫ" ނަމަކަށް ކިޔާ އެ އާގު ބޯޓުން ރިޕޯޓު ކުރީ އެމްއެންޑީއެފް ސަދަން އޭރިއާކޯސްޓް ސްކޮޑްރަންއަށް ކަމަށެވެ.
އެމްއެންޑީއެފް ކޯސްޓް ގާޑުން އެ ބޯޓު ކައިރިޔަށް ގޮސް ބަލި މިހާ ގެންގޮސްފައިވަނީ އައްޑޫ ސިޓީ ހިތަދޫ އަށެވެ. ފަރުވާ ދިނުމަށް ގެންދިޔައީ އުމުރުން 25 އަހަރުގެ އިންޑޮނީޝިއާ މީހެކެވެ.
އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ މެންދުރު 12:20 ހާއިރު އެވެ.
މިދިޔަ މަހު ހަވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ތުރުކީއިން ފުރައިގެން އޮސްޓްރޭލިއާ އަށް ދަތުރު ކުރި އާގުބޯޓެއްގައި އޮތް ބަލި މީހަކު އިތުރު ފަރުވާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައި އެވެ. އެއީ އުމުރުން އުމުރުން 40 އަހަރުގެ ފިލިޕިންސް މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް