މެއިންޓަނެންސްގެ ދާއިރާއިން ފިޔަވަތި މަރުކަޒަށް އެހީވުމަށް އެމްއޯޔޫ އެއްގައި ސޮއިކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓަމުން ގެންދާ ހުޅުމާލެ ފިޔަވަތި މަރުކަޒަށް މެއިންޓަނެންސްގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް...

18 Jan 2021 | 08:44

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓަމުން ގެންދާ ހުޅުމާލެ ފިޔަވަތި މަރުކަޒަށް މެއިންޓަނެންސްގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އާއެކު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

1 އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެމް.އޯ.ޔޫގެ ދަށުން އެ މަރުކަޒުގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ބައެއް ތަކެތި މަރާމާތުކޮށް، ސަރވިސްކޮށް ބެލެހެއްޓުމާއި ޢިމާރާތުގައި ބޭނުންކުރެވޭ ބޮކި ލެޑް ލައިޓަށް ބަދަލުކުރުން ހިމެނެއެވެ.

މިއަދު ހެނދުނު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއެވެ. އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކިއުޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ގޯޑްން އެންޑްރިއު ސްޓުވަރޑްއެވެ.

ފިޔަވަތި މަރުކަޒުގައި މި ވަގުތު 13 އަހަރުން ދަށުގެ 119 ކުދިން އަންނަނީ ދިރިއުޅެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް