ރާއްޖޭގައި ވަގު ނޫޓް ދައުރުވަމުން ނުދާކަން އެމްއެމްއޭ އިން ޔަގީންކޮށް ދީފި

ރާއްޖޭގައި ވަގު ނޫޓް ދައުރުވަމުން ނުދާކަން އެމްއެމްއޭ އިން ޔަގީންކަން ދީފިއެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ 500 ރުފިޔާގެ ނޫޓަކީ ސައްހަ ނޫޓެއް ނޫން ކަމަށް ބުނަމުން ދާތީ އެމްއެމްއޭ އަށް ގުޅު...

18 Jan 2021 | 08:25

ރާއްޖޭގައި ވަގު ނޫޓް ދައުރުވަމުން ނުދާކަން އެމްއެމްއޭ އިން ޔަގީންކަން ދީފިއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ 500 ރުފިޔާގެ ނޫޓަކީ ސައްހަ ނޫޓެއް ނޫން ކަމަށް ބުނަމުން ދާތީ އެމްއެމްއޭ އަށް ގުޅުމުން ބުނީ ދައުރުވަމުންދާ ފޮޓޯގައިވާ 500 ރުފިޔާގެ ނޫޓު ގެނެސް އެ އޮތޯރިޓީން ބަލާފައިވާ ކަމަށެވެ. އަދި ބެލުމުން މި ނޫޓަކީ ސައްޙަ ނޫޓެއްކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

"އެހެންނަމަވެސް ކޮންމެވެސް ގޮތަކުން މި ނޫޓްގައި ކުލައެއް ޖެހިފައި ހުރިކަން ފާހަގަ ކުރެވުނު. އެ ކުލަ ފިލުވުމަށް ކެމިކަލްއެއްގެ ބޭނުން ކުރުމުން ނޫޓުގެ ކުލަ ފަނޑުވެފައިވާކަން ވެސް ވަނީ ފާހަގަ ކުރެވިފަ. އެ ނޫޓުގައި މި ދެންނެވި ކަންކަން ހުރި ނަމަވެސް އެ ނޫޓަކީ ސައްޙަ ނޫޓެއް" އެމްއެމްއޭ އިން ބުންޏެވެ.

އެއްވެސް ނޫޓަކާއި ދޭތެރޭ ޝައްކު އުފެދިއްޖެނަމަ ވީ އެންމެ އަވަހަކަށް އެ ނޫޓެއް އެމްއެމްއޭއަށް ގެނެސްދިނުމަށް ވެސް މަރުކަޒީ ބޭންކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް