ދަރިއަކު ހޯދަން ވިސްނާ ފިރިއަކު ނަމަ، ގިނައިން ކާންވީ ވިޓަމިން ޑީ އެކުލެވޭ ކާނާ: ދިރާސާ

ދަރިއަކު ހޯދަން ވިސްނާ ފިރިއަކު ނަމަ، ފުރަތަމަ ވިސްނާލަން ޖެހޭ އެހެން ކަމެއް އެބަ އޮތެވެ. ވިޓަމިން ޑީ އެކުލެވޭ ކާނާގެ ބާވަތްތައް ކެއުން ވީހާ ވެސް ގިނަ ކުރުމެވެ. ސިއްޚީ ތަޖުރިބާކާރުން ބުނާގޮތުން ނަމަ އ...

18 Jan 2021 | 08:03

ދަރިއަކު ހޯދަން ވިސްނާ ފިރިއަކު ނަމަ، ފުރަތަމަ ވިސްނާލަން ޖެހޭ އެހެން ކަމެއް އެބަ އޮތެވެ. ވިޓަމިން ޑީ އެކުލެވޭ ކާނާގެ ބާވަތްތައް ކެއުން ވީހާ ވެސް ގިނަ ކުރުމެވެ.

ސިއްޚީ ތަޖުރިބާކާރުން ބުނާގޮތުން ނަމަ އާއިލާއެއް ޕްލޭން ކުރާ ނަމަ، ފިރިހެނުން ކޮންމެހެން ވެސް ވިޓަމިން ޑީ އެކުލެވޭ ކާނާގެ ބާވަތްތައް ކެއުން ވީހާވެސް ބޮޑަށް އިތުރު ކުރަން ޖެހޭ ކަމަށެވެ.

ތަޖުރިބާކާރުން ބުނާގޮތުން ފިރިހެނުންގެ ވިޓަމިން އާއި ލިބޭ ދަރިފުޅާ އޮންނަ ގުޅުން މާ މާ ބޮޑެވެ. ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ދަރިފުޅުގެ ބަރުދަނާއި އިސްކޮޅު އަސްލު ނިސްބަތަށް ރުޖޫއަވަނީ ބައްޕަގެ ވިޓަމިން ޑީއާ އެވެ.

އެހެންވެ ސިއްހީ ތަޖުރިބާކާރުން ބުނަނީ ދަރިއަކު ހޯދަން އުޅޭ ނަމަ ފިރިހެނުން ގިނައިން ވިޓަމިން ޑީ އެކުލެވޭ ބާވަތްތައް ކޮންމެހެން ވެސް ކާން ބޯން ޖެހޭނެ ކަމަށެވެ.

އެ ބާވަތްތަކުގެ ތެރޭގައި އޮރެންޖް ޖޫސް، ސޯޔާ މިލްކް އަދި ސީރިއަލް ފަދަ ބާވަތްތައް ހިމެނެ އެވެ.

އަޔަލެންޑްގެ ޔުނިވަސިޓީ ކޮލެޖް ޑަބްލިން އިން ހެދި ދިރާސާއާ ބެހޭ ގޮތުން ޑރ. ސިލިއާ ވިދާޅުވީ ދަރިފުޅު އުފަންވުމާ ހަމައިން ފެށިގެން ފަސް އަހަރު ވަންދެން ދަރިފުޅުގެ އާއި ބަރުދަނާއި އިސްކޮޅު ބިނާވުމުގައި ބައްޕަގެ ފަރާތުން "ވާރުތަ ކުރާ" ވިޓަމިން ޑީގެ ދައުރު ބޮޑު ކަމަށެވެ.

ހަމަމިއާ އެކު ދިރާސާގައި ބުނީ ތުއްތު ދަރުން އިރުގެ އަލި ލިބޭ ހިސާބުތަކުގައި ކުޅެން ބޭތިއްބުން ފަދަ ކަންކަމަކީ ވެސް ކުރުން ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އޭގެ ސަބަބުން ދަރިފުޅުގެ ހަމަ ރަނގަޅު އަސަރުތަކެއް ކުރާ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް