ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފުލުހުންގެ ކުރިޔަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރު އައްޔަން ކޮށްފި އެވެ.
މި އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ ރާޢްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ދިގު ދެމިގެންދާ އިންތިިހާބެވެ.
ފުލުހުން ބުނީ ކޮންމެ އިންތިހާބަކާ ގުޅިގެން ފުލުހުން ދަނީ އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ކަމަށެވެ. އަދި އިންތިހާބަށް އަމާން އޮމަން މާހައުލެއް ގާއިމުކުރުމުގެ ގޮތުން އޮޕަރޭޝަން ކޮމާންޑަަރުން ކަނޑައަޅައި ދުރާލައި ތައްޔާރު ވާކަމަށް ބުނެ އެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު އިންތިހާބު ބޭއްވޭނީ މިމަހުގެ 31 ގެ ކުރިން ކައުންސިލް އިންތިހާބާއި ބެހޭ ހާއްސަ ގާނޫނޫ އިސްލާޙު ކޮށްގެންނެވެ.
އެ ގާނޫނަށް އިސްލާހު ގެނައުމަށް ދައުރުން ބޭރުގައި ބާއްވާ މަޖިލީހުގެ ޖަލްސާތައް ވަނީ ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް