ހޫނުކަމުން ދާހިތްލާ ފޯވާއިރުވެސް ބްލޭންކެޓް އަޅައިގެން ނިދުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. ބްލޭންކެޓް އަޅައިގެން މުޅި ގައި ފޮރުވައިގެން އޮތުމަކީ ބައެއް މީހުންނަށް ވަރަށް އަރާމުގައި ނިދާލެވޭ ކަމެކެވެ. ބްލޭންކެޓްއަކީ ނިދާ ބޭސްގުޅައެއް ފަދަ އެއްޗަކަށްވާ ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ.
ކުޑައިރުންސުރެން ބްލޭންކެޓް އަޅައިގެން ނިދުމުން
އެންމެ ކުޑައިރުންސުރެންވެސް ބްލޭންކެޓްއަކީ ނިދާވަގުތުގައި އަހަރެމެން ބޭނުންކުރާ އެއްޗެކެވެ. އެހެން ކަމުން ބްލޭންކޭޓް ރަމްޒުކުރެވިފައި އޮންނަނީވެސް ނިދުމަށެވެ. އެގޮތުން ނުދާ ވަގުތުގައި ބިރުގަންނަ ނަމަވެސް ބައެއް ކުދިން ބްލޭންކެޓް އަޅައިގެން ނިދައެވެ.
ހާސްކަމާއި ނުތަނަވަސްކަން ފިލާ
"ސެރޮޓޮނިން" އަކީ ހަށިގަނޑަށް އުފާވެރިކަން ގެނެސްދޭ ކެމިކަލް އެކެވެ. އެގޮތުން ހަށިގަނޑު އެއްކޮށް ބްލޭންކެޓްގެ ދަށަށް ލައި ފޮރުވައިގެން ނިދުމުން މި ކެމިކަލް ހަށިގަނޑުގެ ތެރޭގައި އިތުރުވެއެވެ. އަދި އެކަމުގެ ސަބަބުން މީހާ ހާސްކަމާއި ނުތަނަވަސްކަން ފިލުވާލައެވެ.
ނިދާލަން ފަސޭހަވުން
ބްލޭންކެޓް އެޅުމުން ހަށިގަނޑުގެ ޓެމްޕަރޭޗާ އެއް. މިންގަނޑެއްގައި ހިފަހައްޓަން ފަސޭހަވެއެވެ. އެހެންކަމުން ވަރަށް ފަސޭހައިން ނިދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް