މެމްބަރުގެ އާއިލީ ނުފޫޒު ގަދަވެ ފޮނަދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންބޮޑުވުން އިންތިހާއަށް!

ހައްދުންމަތީ ފޮނަދޫގައި ހުންނަ ފެނަ ބްރާންޗުގައި މަސައްކަތް ކުރަމުން އަންނަ ގިނަ މުވައްޒަފުން އެމީހުންގެ ކަންބޮޑުވުންތައް ދުވަސްނޫހާ ހިއްސާކޮށްފިއެވެ. ފޮނަދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ ގިނަ މ...

18 Jan 2021 | 05:18

ހައްދުންމަތީ ފޮނަދޫގައި ހުންނަ ފެނަ ބްރާންޗުގައި މަސައްކަތް ކުރަމުން އަންނަ ގިނަ މުވައްޒަފުން އެމީހުންގެ ކަންބޮޑުވުންތައް ދުވަސްނޫހާ ހިއްސާކޮށްފިއެވެ.

ފޮނަދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް އެމީހުންގެ ކަންބޮޑުވުންތައް ދުވަސްނޫހައް ގުޅާ ހިއްސާ ކޮސްފައިވާއިރު، އެ މުވްއަޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު މޫސާ ސިރާޖުގެ އާއިލާއަށް ނިސްބަތްވާ ފަރާތްތަކުގެ ނުފޫޒު އެ މުވައްޒަފުންގެ މައްޗަށް ގަދަވެފައި ވުމުގެ މައްސަލައެވެ.

އެގޮތުން ބައެއް މުވައްޒަފުން ކިޔައިދިން ގޮތުގައި ފޮނަދޫ ދާއިރާގެ މެމްބަރުގެ އާއިލާއަށް ނިސްބަތް ވާ ގިނަ މުވައްޒަފުންތަކެއް ފެނަކަ ފޮނަދޫ ބްރާންޗުގައި މަސައްކަތް ކުރަމުންގެންދާއިރު، އެމީހުންގެ ފަރާތުން ތަނުގައި މަސައްކަތް ކުރާ އެހެނިހެން މުވައްޒަފުންނަށް ގިނަ ދަތިތަކަކާއި ކުރިމަތިވާކަމަށެވެ. ބައެއް މުވައްޒަފުން މައުލޫމާތު ދެމުން ކިޔައިދިން ގޮތުގައި ކޮންމެ ދުވަހަކުވެސް ހެނދުނު 8 ޖަހާއިރަށް މަސައްކަތައް ނިކުންނަށް ހަމަޖެހިފައިވާއިރު، ބަރާބަރު ގަޑިއަށް ވުރެ ކުޑަތަންކޮޅެއް ލަސްވިނަމަވެސް ހަރުކަށި އިބާރާތުން ބަސްބުނެ އަމުރުކޮށް އެމީހަކު އަނބުރާ ގެއަށް ފޮނުވާލާކަމަށެވެ. އަދި މިގޮތަށް ކަންތައް ކުރަމުންގެންދަނީ ވެސް އެ މުވައްޒަފުންނާއި އެކު އެއްލެވެލްއެއްގައި މަސައްކަތް ކުރަމުން ގެންދާ މެމްބަރުގެ އާއިލާއަށް ނިސްބަތްވާ ފަރާތްތަކުންނެވެ.

" ކަންތައް ގޯސްވަމުން ގޮސް މިހާރުމިވަނީ އަތްނުފޯރާ ހިސާބަށް ގޮސްފަ. ފޮނަދޫ ފެނަކަ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރަކީ މެމްބަރުގެ ކޮށްކޮއެއް، އޭގެ އިތުރުން މެމްބަރުގެ ބައްޕަގެ އިތުރުން ތިން ކޮއްކޮ. މި މީހުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބެމުން ދަނީ އަނިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެ، ހިތްހަމަ ޖެހިލައިގެން މަސައްކަތް ކުރަން ދުނދަގޫ. އަޅުގަނޑުމެންނާއި ދޭތެރޭ ހިތިހުރި ގޮތަކަށް ކަންތައް ކުރަމުން ގެންދަނީ. ބައެއް ދުވަސް ދުވަހު ގަޑިޖެހިގެން ލަހުން އައިއްޔޭ ކިޔާފަ ގެއަށް ފޮނުވާލާފަވެސް އެބަ ހުރި. ފޮނަދޫ ފެނަކައިގައި މަސައްކަތް ކުރަމުން ގެންދާ އުމުރުން ދުވަސްވީ މުވައްޒަފަކު ދުވަސްއަށް މައުލޫމާތު ހިއްސާކުރަމުން އަސަރާއި އެކު ކިޔައިދިނެވެ.

ފޮނަދޫ ފެނަކަ ބްރާންޗުގެ ހާލަތު މިހާދަށަށް ގޮސްފައިވާއިރު، މިކަން ކަމުގެ ކަންބޮޑުވުން އޮފީހުގެ ވެރިންގެ ސަމާލުކަމަށް ވެސް އެތަކެއް ފަހަރަކު ގެނެވިފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ. އެހެން ނަމަވެސް މިކަމަކަށް އެއްވެސް ހައްލެއް އަންނަތަން ނުފެންނަކަމަށް އެފަރާތްތަކުން ބުނެއެވެ.

" އަހަރެމެން އަހަރެމެންގެ ވެރިންގާތު ވެސް މައްސަލަތަކުގެ ވާހަކަ ދައްކާފަ ވާނެ. އެހެން ނަމަވެސް އެކަމަކަށް އެއްވެސް ހައްލެއް ނާދޭ. ކުރަން މި ޖެހެނީ މެމްބަރުގެ އާއިލާ މީހުންގެ ޝަކުވާ. ކޮންމެ ގޮތެއްވިޔަސް އެމީހުންގެ މައްސަލައެއް ނުބެލޭނެ ދެއްތޯ". ފޮނަދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒަފަކު ދުވަސްއަށް މައުލޫމާތު ދެމުން ކިޔައިދިނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފޮނަދޫ ދާއިރާގެ މެމްބަރުގެ އިސްކޮށް ހުންނަވާ ދާދި ފަހުން އުފެއްދި ފެސްޑް ނަމަކަށް ކިޔާ ޖަމްޢިއްޔާއެއްގެ ބައްދަލުވުންތަކާއި އެ ޖަމްޢިއްޔާގެ ސައްލާ ކުރުންތައް ބާއްވަމުން ގެންދަނީ ފޮނަދޫ ފެންޕްލާންޓް ހޯލްތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް