ވަގަށް ނަގާތަކެތި ނުއަގުގައި ބިދޭސީންނަށް ވިއްކަން އުޅުނު މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ވަގަށް ނަގާތަކެތި ނުއަގުގައި ބިދޭސީންނަށް ވިއްކަން އުޅުނު މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ހުޅުމާލޭގެ ގެއެއް ބަލާ ފާސް ކުރުމުގެ ތެރޭގައި ތަކެއްޗާއެކު ހައްޔަރުކޮށްފައިވަނ...

18 Jan 2021 | 03:51

ހުޅުމާލޭގައި ވަގަށް ނަގާތަކެތި ނުއަގުގައި ބިދޭސީންނަށް ވިއްކަން އުޅުނު މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭގެ ގެއެއް ބަލާ ފާސް ކުރުމުގެ ތެރޭގައި ތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދެ ދިވެހިންނާއި 26 އަހަރާއި 35 އަހަރުގެ ބަންގްލަދޭޝް  ދެ މީހުންނެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ، ހުޅުމާލޭގައި ވަގަށް ނަގާ ކަރަންޓް ސާމާނާއި، މޯބައިލް ފޯން ފަދަތަކެތި ވިއްކާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަންއެއްގައެވެ. އެގެއިން ވަނީ އެކި ބްރޭންޑްތަކުގެ 10 މޯބައިލް ފޯނާއި މަކީޓަރ ބްރޭންޑްގެ ކަޓްއޮފަކާއި ޑިގްރީ ކީހަކާއި ލެޕްޓޮޕަކާއި ސްޕީކަރެއްގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފެނިފައެވެ.

މި އޮފަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ބަންދުގެ ގޮތުގައި ދިވެހި ދެ މީހުންނަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި ބަންގަލަދޭޝް ގެ ދެމީހުންނަށް ހަތަރު ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް