ފޮނަދޫ ކުނިގޮނޑާއި މެދު ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލެއް މި ހަފްތާތެރޭ ލިބިގެންދާނެ: މޫސާ ސިރާޖް

ފޮނަދޫ ކުނި ގޮނޑުގެ މައްސަލައަކީ ފަހަކައް އައިސް އެކަމަކާއި މެދު އެ ރަށު ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ އެއް މައްސަލައެވެ. އެގޮތުން ފޮނަދޫގެ ކުނި ނައްތާލުމަށް ރަަނގަޅު އިންތިޒާމެއް ހަމަނުޖެހި އޮން...

17 Jan 2021 | 21:13

ފޮނަދޫ ކުނި ގޮނޑުގެ މައްސަލައަކީ ފަހަކައް އައިސް އެކަމަކާއި މެދު އެ ރަށު ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ އެއް މައްސަލައެވެ. އެގޮތުން ފޮނަދޫގެ ކުނި ނައްތާލުމަށް ރަަނގަޅު އިންތިޒާމެއް ހަމަނުޖެހި އޮންނަތާ އެތަކެއް ޒަމާންތަކެއް ވެފައިވާއިރު، އެރަށު ރައްޔިތުން ދަނީ އެކަމުގެ ކަންބޮޑުވުން ރަށު ކައުންސިލްއާއި ވެސް ހިއްސާ ކުރަމުންނެވެ.

އެގޮތުން މިހާރު ފޮނަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އެރަށު ކުނި ގޮނޑު ފުރި ގޮނޑަށް ކުނި އުކާލަން އާންމުން ދަތުރުކުރްމުން ގެންދާ ބޮޑު މަގު ކުނިން ފޮރުވެމުން ދާއިރު، އާންމުންނަށް އެތަކެއް ދަތިތަކަކާއި ކުރިމަތިވަމުން އަންނަ ކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ.

ކަން މިހެން އޮތް ނަމަވެސް ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު މޫސާ ސިރާޖު މިވަނީ ފޮނަދޫ ރައްޔިތުންގެ މި ކަންބޮޑުވުމަށް ހައްލެއް ހޯދައި ދޭނެ ކަމުގެ ފެހި ސިގުނަލެއް ދީފައެވެ. އެގޮތުން ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު މޫސާ ސިރާޖުގެ ފޭސްބުން އެކައުންޓް މެދުވެރިކޮށް މިއަދު އާންމު ކުރި ފޭސްބުކް ސްޓޭޓަސްއެއްގައި ވިދާޅުވެފައިވަނީ މި ހަފްތާތެރޭގައި ފޮނަދޫ ކުނި ގޮނޑުގެ ސަބަބުން އެ ރަށު ރައްޔިތުން ތަހައްމުލް ކުރަމުންގެންދާ ދަތިތަކާއި ކަންބޮޑުވުންތަކަށް ހައްލެއް ހޯދަދޭނެ ކަމުގައެވެ.

" ފޮނަދޫ ކުނިގޮނޑު ފުރި އެކަމުގެ ދަތިތަކާއި ރައްޔިތުންވަނީ ކުރިމަތިލާން ޖެހިފައި، އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މި ކަންބޮޑުވުމަށް ހައްލު އެމްޓީސީސީގެ އެހީގައި މި ހަފްތާތެރޭ ލިބިގެންދާނެ" ސިރާޖުގެ ފޭސްބުކް ސްޓޭޓަސްގައި ވިދާޅުވެފައިވެއެވެ.

ހަމަ ޔަގީނުންވެސް ސިރާޖުގެ މި މެސެޖަކީ ފޮނަދޫގެ ރައްޔިތުންނަށް އެކަމުން ބޮޑު ހިތްހަމަ ޖެހުމަކާއި އުފާވެރިކަން ގެނުވާނެ ކަމަކަށްވާނެ ކަން ހަމަ ޔަގީނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް