މިއަދު ޓެސްޓު ކުރި 3،171 ސާމްޕަލުން ޕޮސިޓިވްވީ 16 މީހުން

ކޯވިޑް-19 އަށް މިއަދު ޕޮސިޓިވްވީ 16 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 11 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ލައިވް ބޯޑުތަކުން ...

17 Dec 2020 | 17:25

ކޯވިޑް-19 އަށް މިއަދު ޕޮސިޓިވްވީ 16 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 11 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ލައިވް ބޯޑުތަކުން ހަތަރު މީހަކާއި މީހުން ދިރިއުޅޭ ރަށަކުން މީހެކެވެ/.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 3،171 ސާމްޕެލެވެ. މިހާތަނަށް ރާއްޖޭގައި ކޯވިޑް-19 އަށް 280،377 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 535 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮގެން ފަރުވާ ދެމުން ދަނީ 48 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 12،828 މީހުން ވަނީ ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ 48 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 13،418 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް