ސިފައިންގެ ވަޒީފާއަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ސިފައިންގެ ވަޒީފާއަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ. ހދ.ކުޅުދުއްފުށި އަތޮޅު ތަޢުލީމީ މަރުކަޒުގައި މިއަދު ކުރިއަށްދާ މި ޕްރޮގްރާމުގައި ސިފައިންގެ ވަޒީފާ...

17 Dec 2020 | 10:07

ސިފައިންގެ ވަޒީފާއަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.

ހދ.ކުޅުދުއްފުށި އަތޮޅު ތަޢުލީމީ މަރުކަޒުގައި މިއަދު ކުރިއަށްދާ މި ޕްރޮގްރާމުގައި ސިފައިންގެ ވަޒީފާއަށް ވަނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ސިފައިންގެ އާއި ސިފައިންގެ ވަޒީފާ އާ ގުޅޭ ގޮތުން މަޢުލޫމަތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ގޮތުން ސިފައިންގެ ވަޒީފާގައި ކުރިއަށް ދެވޭނެ ދާއިރާތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ސިފައިންގެ މަރުކަޒުތަކާއި ސިފައިންގޭގައި ހުރި ފުރުޞަތުތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމުގައި ސިފައިންގެ ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ސިފައިންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރުމަށް ވަނީ ހަމަޖެހިފައިވާއިރު ސިފައިންގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 2021 ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިއަދު ކުޅުދުއްފުށީގައި ފެށިގެންދިޔަ މި ޕްރޮގްރާމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤު ވަނީ، ބައިވެރިވެވަޑައިގެން ޒިޔާރަތްކުރި ފަރާތްތަކަށް މަޢުލޫމާތު ދެއްވާފައެވެ.

މި ޕްރޮގްރާމުގައި ސިފައިންގޭގައި ހުރި ފުރުޞަތުތަކާއި ސިފައިންގެ އާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅައިދީފައެވެ. ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ކުރިއަށް ދާ ދުވަސްތަކުގައި ކުރިއަށް ގެންދާ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ޕްރޮގްރާމް، ހދ. ކުޅުދުއްފުށީގެ އިތުރުން ހއ. ދިއްދޫ އާއި ހއ. އިހަވަންދޫގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް