ރާއްޖެއަށް މިފަހުން ލިބުނު ވަރލްޑް ބެސްޓް ޑެސްޓިނޭޝަން އެވޯޑުގެ ސަބަބުން ވެސް ރާއްޖެ ކުރިއަށް ޖެހިލައިފި ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގައި މިވަގުތު ހުރީ އެންމެ ކުރީގައި ކަމަށާއި ދެން އަޅުގަނޑުމެން ޖެހޭނީ އެގޮތުގައި ހިފަހައްޓާލަން ކަމަށެވވެ. އަދި އެންމެ އުނދަގޫ ކަމަކީ ތައްޓެއް ލިބި، އެތަށި ދިފާޢު ކުރުން ކަމަށެވެ.
"ރާއްޖެ މިދަނީ ދުވަހަކަށް ވުރެ، ދުވަހެއް ރަނގަޅުވަމުން. ކޮވިޑްގެ ތެރޭގައި އެތައްބަޔަކު ތިބީ މާޔޫސްވެ، އާމްދަނީ ލިބޭނެ ގޮތެއް ނެތިފައިތިބި ނަމަވެސް މިހާރު މި ފެންނަނީ މަޑުމަޑުން މިކަންވެސް ކުރެވޭނެކަން." ތޮއްޔިބު ވިދާޅުވި އެވެ.ޭ
ތޮއްޔިބު މުޙައްމަދު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވުމަށް ރައީސް ސާލިޙު، ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ރައްޔިތުންނަށް ހިނިތުންވުން ގެނުވައިދިން ނިންމެވުމެއް ކަމަށެވެ. އަދި އެދުވަހަށް ފަހު، ކޮންމެ ދުވަހަކުވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އައީ އިތުރުވަމުން ކަމަށެވެ.
ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވި ދުވަހު، ރާއްޖެ އައީ ގާތްގަޑަކަށް ތިރީހަކަށް ފަތުރުވެރިން ކަމަށާއި އެމަހުތެރޭގައި ރާއްޖެ އައީ ހާހެއްހާ މީހުން ނަމަވެސް، ދެވަނަ މަހު ދެހާސް އަދި ތިންހާހަށް ބަދަލުވެފައިވާކަން ތޮއްޔިބު ވަނީ ފާހަގަ ކުރައްވާފަ އެވެ.
ތޮއްޔިބު ވިދާޅުވީ މިހާރު ފެންނަމުން މިދަނީ ކޮވިޑްގެ ކުރިއްސުރެ ރާއްޖެއަންނަމުން ދިޔަ ޢަދަދަށް ފަތުރުވެރިން އަންނަމުންދާތަން ކަމަށާއި ކޮވިޑާއެކުވެސް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ކުރިއަށްދަނީ އެތައް ބައެއްގެ މަސައްކަތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް