ދާންދޫ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްވި ކުއްޖާ މާލެ ގެނެސްފި

ގއ. ދާންދޫގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ތިން އަހަރުގެ ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ. މި އެކްސިޑެންޓު ހިނގީ ދުއްވާފައި ދިޔަ ސައިކަލަކުން އެ ކު...

17 Dec 2020 | 09:32

ގއ. ދާންދޫގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ތިން އަހަރުގެ ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.

މި އެކްސިޑެންޓު ހިނގީ ދުއްވާފައި ދިޔަ ސައިކަލަކުން އެ ކުއްޖާ ގައިިގަ ޖެހިގެންނެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ އިއްޔެ އިރުއޮސްސި 6:10 ހާއިރު އެވެ.

އެ ކުއްޖާއަށް ފަރުވާ ދީފައިވަނީ ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގައި އެވެ. އިތުރު ފަރުވާއަށް ކުއްޖާ މާލެ ފޮނުވީ ރޭ ދަންވަރު ކަމަށް އެ ހޮސްޕިޓަލުން މީޑިއާއަށް މައުލޫމަތު ދެމުން ބުނެފައިވެ އެވެ.

މި އެކްސިޑެންޓުގައި އެ ކުއްޖާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ވެފައިވެ އެވެ. އަދި ވައަތު ފައިގެ ކަނޑިގަނޑެއް ބިނދިފައިވެ އެވެ.

އެކްސިޑެންޓު ހިނގި އިރު ސައިކަލު ދުއްވަން އިން މީހާއަށްވެސް ކޮންމެސް ވަރަކަށް އަނިޔާވެފައިވެފައިވެ އެވެ. އޭނާއަށް ފުރަތަމަ ދާންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މިހާރު ފަރުވާ ދެމުން ދަނީ ގއ. އަތޮޅު ހޮސްޕިޓަލުގައި ވިލިނގިލީގައި އެވެ.

ފުލުހުން ބުނީ އެމީހާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް