ހުޅުމާލޭ ދެވަަނަ ފިޔަވަހީގައި އަޅާފައިވާ "ހިޔާ" މަޝްރުއުގެ ފްލެޓުތަކުގެ ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިޔަށް ގެންދާ އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަޅަން ފެށި މި ފްލެޓުތަކުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ މާޗް ނޫނީ އޭޕްރިލްގައި މީހުންނަށް ދިރިއުޅެން ފެށޭވަރު ކުރަން މަސައްކަތް ކުރަމުން ދާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން ކުރި ޓުވީޓެއްގައި ބުނީ ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތުގެ ތެރެއިން ނަރުދަމާ ނެޓްވޯކް އެޅުމުގެ 100 ޕަސެންޓު މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި 16 ޓަވަރުގެ ތެރެއިން 13 ޓަވަރަށް ނަރުދަމާ ކަނެކްޝަން ގުޅާފައިވާ ކަމަށެވެ.
ހިޔާ ފްލެޓުތަކަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ 59 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
https://twitter.com/MWSC_Official/status/1339446462569070592
ހިޔާ ފްލެޓުތަކުގެ ފެނާއި ނަރުދަމާ އުޅުމުގެ މަޝްރޫއު ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ކުންފުނިން ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނެފަ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ 16 ޓަވަރަށް ޖުމުލަ 580 ކަނެކްޝަން އެމްޑަބްލިއުއެސްސީން ގުޅައިދޭނެ އެވެ. އަދި 11,003 މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކަކާއި 283 މޭން ހޯލާއި ދެ ޕަންޕިން ސްޓޭޝަން ގާއިމް ކުރާނެ އެވެ.
އެޗްޑީސީން ވަނީ ހިޔާ ފްލެޓުތަކަށް ކޭބަލް ނެޓް ވޯކް އެޅުމުގެ މަސައްކަތް ކުރުމަށް މީޑިއާ ނެޓާއި އެކުވެސް އެއްބަސްވުމެއް ހަދާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް