ރާއްޖޭގައި އެންމެ ގިނަ މެރަތަން ދުވި، ނަސްރުއަށް ރައީސް ސާލިޙުގެ ހިފެހެއްޓުމެއް ނެތް ޝުކުރު

ރާއްޖޭގައި އެންމެ ގިނަ މެރަތަން ދުވި، ނަސްރުﷲ އަޙްމަދަށް، ރައީސް=ުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ހިފެހެއްޓުމެއް ނެތް ޝުކުރު އަދާ ކުރައްވައިފި އެވެ. ރައީސް ސާލިހު، ނަސްރުއަށް ޝުކުރު އަދާކު...

17 Dec 2020 | 08:33

ރާއްޖޭގައި އެންމެ ގިނަ މެރަތަން ދުވި، ނަސްރުﷲ އަޙްމަދަށް، ރައީސް=ުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ހިފެހެއްޓުމެއް ނެތް ޝުކުރު އަދާ ކުރައްވައިފި އެވެ.

ރައީސް ސާލިހު، ނަސްރުއަށް ޝުކުރު އަދާކުރައްވާފައިވަނީ އޭނާގެ 60 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

މިކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް ސާލިޙަށް، ނަސްރު ހަދިޔާކޮށްފައިވަނީ 60 ވަނަ މެރެތަންގެ މެޑެލް އާއި ޖަރޒީ އެވެ. އެއީ 2020 ވަނަ އަހަރު ބޭއްވި ނިއުޔޯކް ލިބަރޓީ ރަންއެވެ.

އެންމެ ގިނަ މެރެތަން ދުވެފައިވާ ދިވެހި ދުވުންތެރިޔާގެ ރެކޯޑް ހާސިލުކޮށްފައިވާ ދުވުންތެރިޔާ މިހައިތަނަށް ވަނީ 65 މެރެތަންގައި ދުވެފައެވެ.

ނަޞްރުﷲ އަޙްމަދާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މެރެތަން ދުވުމުގެ ދާއިރާއިން ނަޞްރުﷲ ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވާ އެ ކަމަށް މަރުޙަބާ ދަންނަވާފައެވެ. އަދި، ނަޞްރުﷲގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ސަރަޙައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ހިތްވަރުދެއްވިއެވެ.

މީގެ އިތުރުން، މެރެތަން މުބާރާތްތަކަށް ތައްޔާރުވުމުގައި އަމަލުކުރައްވާ ގޮތާއި، ކުރިމަތިވާ ދަތިތަކުގެ މަޢުލޫމާތު ސާފު ކުރައްވާ، ކުރިއަށް އޮތް ތަނުގައި ހިތްވަރާއެކު މަސައްކަތްކުރުމުގައި ދެމިހުންނެވުމަށް އެދިވަޑައިގަންނަވާފައެވެ.

އެވްރެޖުކޮށް ހަތަރު ގަޑިއިރުގެ ތެރޭގައި މެރެތަން ފުރިހަމަކުރައްވާ ނަޞްރުﷲ އަޙްމަދުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އައި.ޑީ.ބީ.އައި. ފެޑެރަލް ލައިފް އިންޝުއަރެންސް ނިއު ދިއްލީ މެރެތަން 2020 އެވެ.

އޭނާ، މި މެރެތަން އެއްވަނަ މަޤާމުގައި ނިންމަވާފައި ވަނީ ތިން ގަޑިއިރާއި 29 މިނެޓުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މެރެތަންތަކުގައި ދުވުމުގެ އިތުރުން، ނަޞްރުﷲއަކީ މި ދާއިރާއިން މީހުން ބިނާކުރުމުގައި ވެސް މަސައްކަތް ކުރައްވާ ފަރާތެކެވެ.

މިގޮތުން، މެރެތަންއާއި ލޯންގ ރަން ފަދަ މުބާރާތްތަކަށް ދިވެހި ދުވުންތެރިން ތަމްރީނު ކުރެއްވުމުގައި ނަޞްރުﷲ އަންނަނީ މުހިންމު ދައުރެއް އަދާކުރައްވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް