މިއަހަރު ރާއްޖެއަށް ފަސް ލައްކަ ޓޫރިސްޓުން އައުން ފާހަގަކޮށްފި އެވެ.
ފަސް ލައްކަ ވަނަ ޓޫރިސްޓުގެ ގޮތުގައި ރާއްޖެ އައިސްފައިވަނީ އެމިރޭޓްސް އިން ރާއްޖެ އައި ޖަރުމަނުވިލާތުގެ އަންހެނެއް ކަަމަށްވާ ކާސްޓިން މެޑެލައިން ނީޓްކާއެވެ. އޭނާ ރާއްޖެ އައީ ލޯބިވެރިޔާ އާއި އެކު ޗުއްޓީ ހޭދަ ކުރާށެވެ.
މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަސް ލައްކަަ ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ސަގާފީ ހަރަކާތްތަކާއި އެކު ހާއްސަ ރަަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީ، އިމިގްރޭޝަން، އެމްއޭސީއެލް، އުރީދޫ، އެލައިޑް އިންޝުއަރެންސް، ކޮކޯޕާމް، އެމްއެމްޕީއާރުސީން ވަނީ ކާސްޓިން އަށް ހާއްސަ ހަދިޔާ ދީފައި އެވެ.
މިއަހަރު ރާއްޖެއަށް ފަސް ލައްކަ ފަތުރުވެރިން އައުން މިއަދު ފާހަގަ ކުރި އިރު ކޯވިޑާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވި ފަހުން ރާއްޖެއަށް އެއް ލައްކަ ޓޫރިސްޓުން އައުން ފާހަގަ ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެއް ލައްކަ ވަނަ ޓޫރިސްޓަކަށް ރާއްޖެ އައީ ސުވިޒަލެންޑު އަންހެނެކެވެ.
https://twitter.com/visitmaldives/status/1339453267974053888
އަލުން ބޯޑަރު ހުޅުވި ފަހުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފެށީ މިދިޔަ މަހު އެވެ. މިހާރު ކޮންމެ ދުވަހަކު އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 4،000 އިން މައްޗަށް އަރާފައި އެވެ.
މި ވަގުތު ރާއްޖެއަށް 22 އެއާލައިނަކުން ދަަތުރުކުރެ އެވެ. އެންމެ ގިނަ ފްލައިޓްތައް ބާއްވަނީ އެމިރޭޓްސް އާއި ގަތަރު އެއާވޭސް އިންނެވެ.
ޖުލައި 15 އިން މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. ދެވަނައަށް އިންޑިއާ އަދި ތިން ވަނައަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް