އަންނަ އަހަރު ސްކޫލްތައް ހުޅުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އަންނަ އަހަރު ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަޝްވަރާތަކުގައި ބައިވެރިވެފައިވަނީ މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި އެޗްޕީއޭ އަދި ކޯ...

17 Dec 2020 | 06:44

އަންނަ އަހަރު ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަޝްވަރާތަކުގައި ބައިވެރިވެފައިވަނީ މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި އެޗްޕީއޭ އަދި ކޯވިޑާއި ގުޅިގެން އެކުލަވާލާފައިވާ ޓެގް ޓީމުގެ އިސްވެރިން ކަމަށެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ އަންނަ އަހަރު ރައްކާތެރިކަމާއެކު ސްކޫލްތައް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުންނެވެ. މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވީ ޖުލައި އެކެއްގައި އެވެ. އަތޮޅު ތެރޭގެ ހުރިހާ ސްކޫލެއްގައި ފައުންޑޭޝަން ލެވެލްއިން ގްރޭޑް12 އަށް ކިޔަވައި ދެމުން ދާއިރު މާލޭ ސިޓީގެ ސްކޫލްތަކުގައި މިއަހަރު ނިމުމާއި ހިސާބަށް ކިޔަވައި ދެމުން ދިޔައީ ގްރޭޑް7-12 އަށެވެ.

މާލޭ ސިޓީގައި އެހެން ގްރޭޑްތަކަށް ކިޔަވައި ދެމުން ދިޔައީ އޮންލައިންކޮށެވެ.

https://twitter.com/MoEdumv/status/1339163627157291008

ރާއްޖޭގެ ސްކޫލް މާހަލުން ކޯވިޑް-19 އެއްވެސް ވަރަކަށް މިހާތަނަކަށް ފެތުރިފައެއް ނުވެ އެވެ. ސްކޫލަތަކށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެމުންދާ ސްކޫލްތަކުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އެވެ.

އެގޮތުން ހުރިހާ ދަރިވަރުން އަތް ދޮވުމާއި ސްކޫލަށް ވަންނަ އިރު ފިނިހޫނުމިން ބެލުމަކީ މަޖުބޫރު ކަމެކެވެ. އަދި ސްކޫލްގައި އުޅެން ޖެހެނީ މާސްކު އަޅައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް