އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖްގައި ރޭވެސް ފޯރިގަދަ މެޗުތަކެއް ވަނީ ކުޅެފައެވެ. އެގޮތުން ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ލާމު ބްލޫސް އަދި ގޯޅި ޖޫނިއަރ އެވެ. ވާދަވެރި ކުޅުމަކަށް ފަހު މި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ ލާމު ބްލޫސްއެވެ. މިއީ މި މުބާރާތުގައި މި ދެޓީމުވެސް ކުޅުނު ފުރަތަމަ މެޗުކަން ފާހަގަކޮށްލަން ޖެހެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލާމު ބްލޫސްގެ މުޙައްމަދު އިސްމާއީލްއެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ފޯކަސްއާއި ޑީޑީއެފް ދި ޖެނެރޭޝަން އެވެ. މި މެޗު 1-3 އިން ކާމިޔާބު ކޮށްފައިވަނީ ޑީޑީއެފް ދި ޖެނެރޭޝަން އެވެ. މި މެޗަށް ބަލާއިރު، މި މެޗަކީ ޑީޑީއެފް ދި ޖެނެރޭޝަން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި ފޯކަސް ކުޅުނު ދެވަނަ މެޗެވެ. ފޯކަން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޓީކޭ ސްޕޯޓްސް ކުލަބު އަތުން 1-4 އިން ބަލިވެފައެވެ.
މި މެޗުގެ މޮޅު ކުޅުންޔެރިޔާގެ މަގާމަށް ހޮވިފައިވަނީ ޑީޑީއެފް ދި ޖެނެރޭޝަންގެ އަޙުމަދު އަޖުވަދު (އަޖޭ) އެވެ.
މި މުބާރާތުގައި ރޭ ކުޅުނު ތިންވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޑީޑީއެފް ނިއު ޖެނެރޭޝަން އާއި އެފްސީ ޗެމްޕިއަންސް އެވެ. މި މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އެފްސީ ޗެމްޕިއަންސް އިންނެވެ. މި ދެޓީމަށް ބަލާއިރު، މި މެޗަކީ އެފްސީ ޗެމްޕިއަންސް މި މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ރޭގެ މެޗުން މޮޅުވިއިރު، އެޓީމު ފުރަތަމަ މެޗުގައި ކާލާ މަންނައާއި ވާދަކޮށް 1-4 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. މިއީ މި މުބާރާތުގައި އެޓީމުން ހޯދި ފުރަތަމަ މޮޅެވެ. ޑީޑީއެފް ނިއު ޖެނެެރޭޝަންއަށް ބަލާއިރު، ރޭގެ މެޗަކީ އެޓީމުން މި މުބާރާތުގައި ކުޅުނު ފުރަތަމަމެޗެވެ.
މި މެޗުގެެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ޗެމްޕިއަންސްގެ އަހުމަދު މުފީދުއެވެ.
މިރޭވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ 20:30 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓީކޭ އާއި އެމްވައި އެވެ. އަދި 21:30 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކާލާމަންނަ އާއި ލާމް ބްލޫސްއެވެ. މިރޭ 22:30 ގައި ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ އަކިރިކޮޅު އެފްސީ އާއި ޑީޑީއެފް ދި ޖެނެރޭޝަން އެވެ.
މުބާރާތުގެ މިފަހަރުގެ ކޯ ސްޕޮންސަރުން ނަކީ މާވަށް ކައުންސިލް، ރެލެކްސް ޒޯން އަދި ރިލެކްސް މާޓްއެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ޓޮޕް ސްޕޮޓް، ވިލަރެސް ގެސްޓުހައުސް، ލެޒިޒް، ނިއު ވޭވް، ކެފޭ ލާމު، ކެފޭ އަޒޫރޯ، ކޭމާކް ޒޯން، އޯސިސް އަދި ޕިޒްކާއެވެ.
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000ރ ގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 5،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ.
މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ދުވަސް އެމްވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް