ޕްރިމިއާ ލީގް: ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދާ ލިވަޕޫލް ތާވަލްގެ އެއްވަނައަށް

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ...

17 Dec 2020 | 04:39

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ލިވަޕޫލުންނެވެ. މި ލަނޑު މެޗުގެ 26 ވަނަ މިނަޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ސަލާޙް އެވެ. މި ލަނޑަކީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއެއް ޓޮޓޭންހާމްގެ ޑިފެންޑަރު ޑަޔާގެ ފައިގައި ޖެހި މަތިމަތިން ގޮސް ގޯލްގެ މަތީ ކަނަށް ވަތް ލަނޑެކެވެ.

ލިވަޕޫލް އިން ލީޑު ނެގިނަމަވެސް މި ލީޑުގައި އެޓީމަށް އިވެވުނީ އެންމެ ތިން ވަރަކަށް މިނެޓުވަންދެންނެވެ. އެގޮތުން މެޗުގެ33 ވަނަ މިނެޓުގައި ޓޮޓެންހަމް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކައުންޓަރ އެޓޭކެއްގައި ބޯޅައާއެކު އެކަނިމާއެކަނި ގޮސް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ސޮންއެވެ. މިއީ މިސީޒަންގައި ސޮން ކާމިޔާބުކޮށްދިން 11 ވަނަ ލަނޑެވެ.

މެޗުން ލިވަޕޫލުން މޮޅުވި ލަނޑު ކާމިޔާބު ކޮށްފައިވަނީ  މެޗުގެ 90 ވަނަ މިނަޓްގައި ރޮބާޓޯ ފިރްމީނޯ އެވެ. މި ލަނޑު އޭނާ ޖެހީ ރޮބާޓްސަން ނަގައިދިން ކޯނަރަކުން ބޮލުން ޖަހައި ގޯލުގެތެރެއަށް ވައްދާލައިގެންނެވެ.

އަމިއްލަ ދަނޑުގައި ރޭ ލިބުނު މޮޅާއެކު ލިވަޕޫލް ތާވަލްގެ އެއްވަނައަށް އަރާފައިވަނީ 13 މެޗުން 28 ޕޮއިންޓާއެކުގައެވެ. ޓޮޓެންހަމް ދެވަނާގައި އޮތީ 13 މެޗުން ހޯދި 25 ޕޮއިންޓާއެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް