ކިވީ އަކީ އަނގަޔަށް މީރު އޭގައި ގިނަ ވިޓަމިންސް ތަކެއްވެސް އެކުލެވޭ ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭ މޭވާގެ ބާވަތެކެވެ.
ވިޓަމިން ސީ، ވިޓަމިން ކޭ، ވިޓަމިން އޭ، ފޮލޭޓް، ޕޮޓޭސިއަމް ކިވީގައި އެކުލެވިގެންވާއިރު، މިއީވެސް ކޮންމެ ދުވަހަކުވެސް ކެއުމުގައި ކިވީ ހިމަނަންޖެހޭ ސަބަބެކެވެ. ކިވީ އަކީ އޮމެގާ 3 ވެސް ގިނަ އަދަދަކަށް އެކުލެވިގެންވާ މޭވާއެކެވެ. އޮމެގާ 3 އަކީ ދުޅަހެޔޮ އިސްތަށިގަނޑަކަށް އެންމެ މުހިންމު އެއް ފަރުވާއެވެ.
ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކުރަން ބޭނުންވާ ފަރާތްތަކުން ކޮންމެހެންވެސް ކިވީ ކާންޖެހެއެވެ. މިއީ އެކި އިންފެކްޝަންތަކުން އިންސާނާގެ ހަށިގަނޑު ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދޭ މޭވާއެކެވެ. ހަކުރު ބައްޔަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް އާންމު ބައްޔެކެވެ. ކިވީ ކާނަމަ، މިބަލި ކޮންޓްރޯލް ކުރަން އެހީތެރިވެދޭ ކަމަށް ކަމާބެހޭ އިލްމު ހުރި މީހުން ބުނެއެވެ.
ކިވީގެ އެންމެ ފާހަގަކޮށްލެވޭ އެއް ފައިދާއަކީ ނުރައްކާތެރި ކެންސަރު ބަލިން ދުރުކޮށްދިނުމެވެ. ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރާ މާއްދާތައް ކިވީގައި އެކުލެވިގެންވެއެވެ. ޗައިނާގައި ވަރަށް އިހު ޒަމާނުއްސުރެ އެކި ބާވަތްތަކުގެ ކެންސަރަށް ފަރުވާ ކުރުމަށް ކިވީ ބޭނުން ކޮށްފައިވެއެވެ. ކިވީގައި ފައިޓޯކެމިކަލްސް ލުޓެއިން އަދި ޒިއަންޒަންތިން އެކުލެވިގެންވެއެވެ. މިއީ ލޮލުގެ ފެނުން ރަނގަޅުކޮށްދޭ މާއްދާތަކެވެ.
ވަކިން ޚާއްސަކޮށް، ގައިގެ ހަންގަނޑު ރީތި ކުރުމަށް މިމޭވާ އަކީ ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗެކެވެ. އެހެންކަމުން ގުދުރަތީ ގޮތުން ރީތިކަން ލިބިގަތުމަށްޓަކައިވެސް ކިވީ މިއީ ނުކައި ދޫކޮށްލެވޭ ވަރު އެއްޗެއް ނޫންކަން އެނގިއްޖެދޯއެވެ!
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް