ހުޅުމާލޭގައި މެދުފަންތީގެ 162 ހައުސިން ޔުނިޓު އަޅަން ރެއިންބޯއަށް

ހުޅުމާލޭގައި މެދުފަންތީގެ 162 ހައުސިން ޔުނިޓު އަޅަން ރެއިންބޯ މެގަ ޑިވެލޮޕާސް އާއި ހަވާލުކޮށްފި އެވެ. މި އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާޓުން ސޮއި ކުރެއްވީ މެނޭޖި...

17 Dec 2020 | 03:11

ހުޅުމާލޭގައި މެދުފަންތީގެ 162 ހައުސިން ޔުނިޓު އަޅަން ރެއިންބޯ މެގަ ޑިވެލޮޕާސް އާއި ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާޓުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝުހައިލް އަހުމަދެވެ. ރެއިންބޯ މެގަ ޑިވެލޮޕާސްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގެވެ.

ރެއިންބޯ މެގަ ޑޮވެލޮޕާސް އަކީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މެގަ އިންފްރާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑު ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏެކެވެ.

ހުޅުމާލޭގައި "މިކްސް ރެސިޑެންޝަލް ޑިވެލޮޕްމެންޓް"ގެ ދަށުން ތަރައްގީ ކުރާ މި ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ ދެ އަހަރު ދުވަހެވެ.

އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މާޒިން ވިދާޅުވީ މި ޕްރޮޖެކްޓް މެދުފަންތީގެ ހައުސިން ޔުނިޓުތަކަކަށް ވިޔަސް ލަގްޒަރީ ޕްރޮޕަޓީ އަކުން ލިބޭނެ ސުވިމިންގެ ޕޫލް، ޖިމް ފަދަ ގިނަ ވަސީލަތްތައް ހިމެނޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ އަމާޒަކީ، ހުރިހާ ފަންތިއަކަށް އަމާޒުކޮށްގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިމަގުގައި އިތުރުކޮށް، އެފަދަ މަޝްރޫއުތަކުގެ ދަށުން ވީހާވެސް ގިނަ ރައްޔިތުންނަށް ތަނަވަސް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް އަހަރުގައި ވެސް އެކި ފަންތިތަކަށް ބަހާލައިގެން މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

"ކޯ ލިވިން" ކޮންސެޕްޓުގައި ވަޒީފާ އަދާކުރުމަށް މާލެ ސަރަހައްދުގައި ދިރިއުޅޭ މެދުފަންތީގެ އާމްދާނިއެއް ލިބޭ މީހުންނާއި ކިޔެވުމާއި ވަގުތީ ބޭނުންތަކަށް މާލެ ސަރަހައްދަގައި ދިރިއުޅޭ ކިޔަވާކުދިންނަށް ހާއްސަކޮށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް