ކޯވިޑް-19 އަށް އިތުރު 41 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވީ މާލެއިން 35 މީހުންނާއި އަތޮޅު ތެރެއިން ހަ މީހެކެވެ. އެގެ ތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 11 ބިދޭސީންނެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 1،075 ސާމްޕަލެވެ.
އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު ކޯވިޑަށް ފަރުވާ ދެމުންދާ މީހުންނާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން 915 މީހަކަށް ކޯވިޑަށް ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން 63 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
އައިސޮލޭޝަން ފެސިލިޓީތަކުގައި 317 މީހުން އެބަތިއްބެވެ.
އަތޮޅު ތެރޭގައި ކޯވިޑަށް ޕޮސިޓިވް މީހުން ނުވަ ރަށެއްގައި އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ބިދޭސީންނާއި ތިން ދިވެހިންނެވެ.
ޓޫރިސްޓު ރިސޯޓުތަކުގެ ތެރެއިން 28 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 88 މުވައްޒަފުންނާއި 52 ޓޫރިސްޓުންނެވެ.
މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދުގެ ނިޔަލަށް 11،388 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ. މިދިޔަ 24 ގަޑިއިރު ތެރޭގައި 72 މީހުން ކޯވިޑުން ރަނގަޅުވެފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައި ވަނީ 12،314 މީހުންނެވެ. އޭގެ ތެރެއިން 44 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް