އޭއެފްސީ ބްރެކެޓް ޗެލެންޖް: ސެމީފައިނަލުގެ ވޯޓުލުން ބުރާސްފަތި ދުވަހު

އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން މިހާރު ކުރިއަށް ގެންދާ އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ސެމީފައިނަލުގައިި ރާއްޖޭގެ ސުޕަސްޓާރ އަލީ އަޝްފާގު (ދަގަނޑޭ) އާއި ވިއެޓްނާމުގެ ގުޔެން ގު...

17 Nov 2020 | 17:31

އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން މިހާރު ކުރިއަށް ގެންދާ އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ސެމީފައިނަލުގައިި ރާއްޖޭގެ ސުޕަސްޓާރ އަލީ އަޝްފާގު (ދަގަނޑޭ) އާއި ވިއެޓްނާމުގެ ގުޔެން ގުއެންޑް ހައި ވާދަކުރަން ޖެހި ވޯޓުލުމުގެ ފުރުސަތު އަންނަ  ބުރާސްފަތީ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ސެމީފައިނަލުގައިި ރާއްޖޭގެ ސުޕަސްޓާރ އަލީ އަޝްފާގު (ދަގަނޑޭ) އާއި ވިއެޓްނާމުގެ ގުޔެން ގުއެންޑް ހައި ވާދަކުރަން ޖެހުނީ ދެބަނަ ޗެލެންޖް ގައެވެ. އެގޮތުން ދެވަނަ ޗެލެންޖްގެ ވޯޓުލުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ ބުރާސްފަތީ ދުވަހުގައެވެ.

ސެމީފައިނަލުގެ ފުރަތަމަ ޗެލެންޖުގައި ވާދަކުރަނީ މެލޭޝިއާގެ ސަފާވީ ރާޝިދް އާއި ހޮންކޮންގެ ޗަން ސިއު ކީ އެވެ. މި ޗެލެންޖަށް ވޯޓުލުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެއެވެ.

މި ޗެލެންޖުގެ ސެމީފައިނަލުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖޭއާއި ހޮންކޮން އާއި މެލޭޝިއާގެ އިތުރުން ވިއެޓްނާމް އެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ސެމީފައިނަލުގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި ވިއެޓްނާމުގެ ގުޔެން ގުއެންޑް ހައި ވާދަކުރާ މި ޗެލެންޖުގެ ވޯޓުލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހު ހުޅުވާލާއިރު، އަލީ އަަޝްފާގަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން " އޭއެފްސީގެ ވެބްސައިޓް " މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޗެލެންޖުގެ ކުއާޓަ ފައިނަލުގައިވެސް ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމުގެ ގުޔެން ވެން ގުޔެޓް އާއެވެ. އޭނާއާއި ވާދަކޮށް ދަގަނޑޭ ކާމިޔާބުކުރީ ވަރަށް ކުޑަ ތަފާތަކުންނެވެ. މި ވޯޓުގައި ދަގަނޑޭއަށް ލިބުނީ 51.45 އިންސައްތަ ވޯޓެވެ. އަދި ވިއެޓްނާމުގެ ގުޔެން ވެން ގުޔެތް އަށް ލިބުނީ 48.55 އިންސައްތަ ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް