ރާއްޖޭގައި އެހެން ދީންތަކަށް ޖާގަ ދިނުމަށް ކުރާ މަސައްކަތަށް ސަމާލުވާން ޖެހޭ: އެމްއާރުއެމް

ދިވެހި ބިމުގައި އިސްލާމް ދީން ނޫން ދީންތަކަށް ޖާގަ ހޯދައި ދިނުމަށް ކުރާ މަސައްކަތަށް ސަމާލުކަން ދޭންޖެހޭ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނެފި އެވެ. އެ ޕާޓީން މިހެން ބުނީ މިއަ...

17 Nov 2020 | 16:02

ދިވެހި ބިމުގައި އިސްލާމް ދީން ނޫން ދީންތަކަށް ޖާގަ ހޯދައި ދިނުމަށް ކުރާ މަސައްކަތަށް ސަމާލުކަން ދޭންޖެހޭ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނީ މިއަދު ފާހަގަ ކުރަމުންދާ ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅިގެން ނެރުނު ބަޔާނެއްގައި އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީނުގެ ހިދާޔަތުކަމާއި ދިވެހި ގައުމިއްޔަތު ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމެވެ.

ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ، އިސްލާމްދީން ކަމަށް ބުނެފައިވެ އެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަމުންދާއިރު ހަނދާން ކުރަން ޖެހެނީ ރާއްޖެ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ދެމިއޮތުމުގެ އަސްލަކީ، މާތްވެގެންވާ އިސްލާމްދީން ކަމަށް އެ ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން، ރައްޔިތުންގެ މެދުގައި އޮތް އަހުވަންތަކަމުގެ ގުޅުމުގެ ރޫޙު ވަރުގަދަކޮށް، އިސްލާމް ދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތާއި މެދު ހޭލުންތެރިވެތިބެ، އެކަމާ ދެކޮޅަށް އަބަދުވެސް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް